މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެކަން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:03 ގައެވެ.

މަރުވެފައި އޮއްވާ ފެނުނީ 49 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ.

އެމީހާ ފެނުނީ މާފަންނުގެ ގެއަކުންނެވެ.

އެކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.