މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބުނެފައިވާ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި މިވަނީ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަކީ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ފާހަގަކޮށްފައިވުމުން ކަމަށެވެ. އެގޮތުން އެ އޮފީހަކީ ރައްޔިތުންގެ އައ...