މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 796 ވަނަ ޞަފްޙާ

ހަޔާ އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ތަހާ

ހަޔާ އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ތަހާ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ތަހާރަތު މުހައްމަދު ވަހީދު (ތަހާ) އައްޔަން ކޮށްފި އެވެ. ތަހާއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ރާއްޖެ ޓީވީގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ. މިފަހުން ތަހާ މަސައްކަތް ކުރަމުން އައީ އަމިއްލަ މީޑިއާއެއް ހިންގެވި އެވެ. ތަހާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވާފަ އެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން...

އަލީ އާދިލް
ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް ޞާލިޙް، މާލެ ވަޑައިގެންފި

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް ޞާލިޙް، މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ޔޫ.އޭ.އީގެ ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅު...

ޔުމްނާ ޢަލީ
ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަނީ

ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަނީ

ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން އިއުލާން ކޮށްފިއެވެ. މިގޮތުން ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރި އިއުލާނެއްގައި ބުނީ، އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަން އީ-މެއިލް somaldives2019@gmail.com އަށް ސިޓީއަކުން ހުށަހެޅުމަށް ވަނީ އެ...

ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 22:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ […]

އައިޝަތު ނަސާޔާ
ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި

ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް ޞާލިޙް ވަނީ ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި، އެ އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާ ލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއަށް ރައީސް ވަނީ ޒިޔާކުރަށްވާ ބައްލަވާ ލަށްވާފައެވެ. އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތ...

ޔުމްނާ ޢަލީ
ޝަރަފުވެރިކަމާއެކު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ނާޝިދު ރިޓެއާ ކުރައްވައިފި

ޝަރަފުވެރިކަމާއެކު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ނާޝިދު ރިޓެއާ ކުރައްވައިފި

ވިހި އަހަރުގެ ޚިދުމަތަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، އިސްމާއިލް ނާޝިދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ނާޝިދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްއިން ފާހަގަކުރައްވާފައި ގޮތުގައި ޝަރަފްވެރިކަމާއެކު ނާޝިދު ކަސްޓަމްސްއިން ރިޓަޔަރ ކުރެއްވީ އަގު ނުކުރެވޭފަދަ ނަމޫނާ އަދި ނަޒާހަތްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ. ނާޝިދު އަކީ މަސައްކަތައް ވަފާތެރި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އިޙްތިރާމް ހޯދާފައިވާ ގާބި...

އައިޝަތު ނަސާޔާ
ޕްލޭނިން މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރަށްވައިފި

ޕްލޭނިން މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރަށްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ މަގާމަށް އައްޔަނު ކުރެއްވީ، ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަދުބު ﷲ ފަލާޙް ޝަރީފް އެވެ. އޭނާ މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ. ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި މިހާރު ވެސް 6 ނައިބަކު ތިއްބަވައެވެ.    

ޝިއުނާ އާދަމް
ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި

ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި

ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ. މިއަދު ހެނދުނު ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ. ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިން...

ޔުމްނާ ޢަލީ
ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި

ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ހޭދަވި ދެ އަހަރުގެ މުއްދަތަށް، ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 […]

އަލީ އާދިލް
ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. އެ މީހާ ގެއްލުނީ 15 ޖަނަވަރީ 2022 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ހޯދުމަށްފަހު ނަގާފަކަމަށެވެ. އެ މީހާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެއީ އުމުރުން 69 […]

ޔުމްނާ ޢަލީ
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ 5 މަގާމަށް މެމްބަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތަށް މުއްދަތު އިތުރު ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވ...

އައިޝަތު ނަސާޔާ
ރައީސް ޞާލިޙް، ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް، ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔ...

ޔުމްނާ ޢަލީ
ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމިގްރޭޝަނުން ކައުންޓަރެއް

ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމިގްރޭޝަނުން ކައުންޓަރެއް

ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރުމަށްޓަކައި ހާއްސަ ކައުންޓަރެއް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސަވައިފިއެވެ. އިމިގްރޭޝަން އިން މިއަދު ވިދާޅުވީ، ލޯއެންފޯސްމެންޓް ޔުނިފޯމް ބޮޑީޒްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދާއިރާތަކުގެ ޚިދުމަތްތެރިންނަކީ، ޑިއުޓީ ގަޑީގައި ރައްޔިތުންނާއި ގުޅުންހުރި ނާޒުކު މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގައި އަވަދިނެތި އުޅުއް...

އައިޝަތު ނަސާޔާ
ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް، ދިވެހި ސިފައިން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ...

ޔުމްނާ ޢަލީ
ކިޔެވުން ފަށާއިރު ސްކޫލުތަކުން ސަމާލުކަން ދޭންވީ ކަންކަން އާއްމުކޮށްފި

ކިޔެވުން ފަށާއިރު ސްކޫލުތަކުން ސަމާލުކަން ދޭންވީ ކަންކަން އާއްމުކޮށްފި

ސްކޫލް ބަންދަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ސްކޫލްތައް ހުޅުވާލާއިރު މާލޭގެ ސްކޫލްތަކުގައި ސަމާލުކަން ދޭންވީ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ...

އަލީ އާދިލް