ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ( އަޑުބަރޭ) ގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އޭނާއަށް އިއްވާފައިވާއިރު، އޭނާ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު އިނގޭ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރާ ބޭފުޅަކު “ތިލަދުން”އަށް ވިދާޅުވީ، ޢާއިލީ ޒިންމާ ޗުއްޓީއެއްގައި އަސްހަދު ރާއްޖޭން ބޭރަށް […]
އަލީ އާދިލް
މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލި މީހަކަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. 2016 ވަނަ އަހަރު، މަޖީދީމަގުގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުން 2019 ވަނަ އަހަރު ޖުވެނައިލް ކޯޓުން 16 އަހަރާއި އަށް މަހުގެ ޖަލު ހުކުމެއް އިއްވީ އެ ހާދިސާ ހިނގިއިރު 17 އަހަރު ފުރިފައިވާ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރުނަސް، އޭނާގެ މައުލޫމާތު […]
ހުސައިން ހަބީބް
ރ. ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ސޮއި ކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބްއެވެ. އެޑިއުކޭޝަނ...
އައިޝަތު ނަސާޔާ
ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް އެ ޚިދުމަތަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:20 ހާއިރެވެ. މިކަން ހިނގާފައި ވަނީ މާލޭގެ ގެއެއްގައެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ ވެސް ބިދޭސީ އެކެވެ. “އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލ...
ޝިއުނާ އާދަމް
ހުޅުމާލޭ 113 ނަމްބަރު ފްލެޓުން ރޭ ވައްކަން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ފްލެޓުން ވައްކަން ކުރިކަމުގެ ރިޕޯޓް ރޭ 3:19 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ވަގުން ވަދެ އެ ފްލެޓުން ތިން ފޯނާއި، 1300 އަށް ވުރެ ގިނަ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ. މި ވައްކަމުގެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.
ޝިއުނާ އާދަމް
ކޯވިޑް-19 ބަލީގައި ރާއްޖެއިން 73 އަހަރުގެ ސްރީލަންކާ ރައްޔިތަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި އެމީހާއަކީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:04 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 278 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައި އޮތްއިރު […]
ޔުމްނާ ޢަލީ
1443 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން ކޮށްފިއެވެ. މި އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ “ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް” ފުރިހަމަ ކުރެއްވުމަށް ފަހު ލިޔުންތަކާއިއެކު 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ […]
އިބްރާހިމް ޚަލީލް
ކޯވިޑް-19 ބަލީގައި ރާއްޖެއިން 74 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:51 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 277 ވަނަ މީހާއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު ދަނީ މި ބަލީގައި ނިޔާވަމުންނެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު […]
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީއައިއޭއިން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ އަކީ އަތޮޅު ތެރެއަށް ފުރުމަށް ގޮސް ހުރި މީހެކެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ޑޮމެސްޓިކް ޓާމިނަލުންނެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަވާ އޮޕަރޭޝަންތައް ފަހަކަށް އައިސް ވަަރަށް ފުޅާކޮށްފައިވާއިރު، މަސ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހަވާ އަރުވާނީ މިރޭ 21:00 ގައެވެ. މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ފޭސް ދެއެއްގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މިރޭ ހަވާ އަރުވާނީ 21:00 އިން ފެށިގެން 5 މިނިޓް ވަންދެނެވެ. 2022 ޖަނަވަރީ 31 ވަނަ ދުވަހުގެރޭ (މިރޭ) 21:00 ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަން […]
ޔުމްނާ ޢަލީ
2023 ގައި ރައީސްކަމަށް އިންތިޚާބުކުރުމަށް ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހަމަޔާއި އިންސާފަށް ވެރިކަންކުރާނެ މީހެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދައްކާނެކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް، އަދި ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ރިޔާޟް މިހެން ވިދާޅުވީ، “ވެރިކަން ލިބިއްޖެނަމަ އެހެންބަޔަކަށް ޖާގައެއް ނެތް، ވަޒީފާތަކަށް ނަގާނީ ޕީޕީއެމް ކުދިން” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ސާޢިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރަށްވަމުނ...
އަލީ އާދިލް
ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، އެ ސާވިސްގެ އައްސޭރި ޖަލުގައި ގާއިމުކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވާ ގޮތުގައި މި ސެންޓަރު ޤާއިމްކޮށްފައި މިވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތުގެ މަތީންނެވެ. އެގޮތުން ސެންޓަރ ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ...
އައިޝަތު ނަސާޔާ
އެއްމެ އެއްޗެއްފިޔަވައި ހުރިހާ އެއްޗެއް ދީފިން، އެކަމަކު މިސަރުކާރަށް ކުރެވުނު އެއްވެސްކަމެއްނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ ކޯލިޝަންގެ މަލޭ ޖަގަހާގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ އޭނާގެ އާދައިގެ މަތިން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިއަދަކީ ޖެނުއަރީ 30 ކަމަށާއި، މާދަމާއަކީ 31 ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށް ގިނައިން ދެއްކި ވާހަކައ...
އަލީ އާދިލް
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލ...
ޔުމްނާ ޢަލީ
މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށާއި، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ހުޝާމް މި ހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް މިހާރު ޚާއްޞަކޮށްފައިވާ “މުރައިދޫގެ” ތަޅާލަންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރ...
އަލީ އާދިލް