ކޮންޓެއިނަރެއްގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް، އެކަކު މަރުވެއްޖެ
ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ އެއް މަރުވެއްޖެ އެވެ. މިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ މިހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު އެހެން ބިދޭސީއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ފުލުހުން ބުނީ މިހާދިސާ ހިނގީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަ...