ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުމަށް ގާނޫނުން އަންގާ ވަރަށް މެމްބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ތިން މަހުގެ ނޯޓިސް އެއް ދިނީ ޑީއާރްޕީ، އެމްޓީޑީ، އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމަށެވެ. އެ ޕާޓީތަކަށް ދިން މުއްދަތު ވަނީ ރެއަށް ހަމަވެފައެވެ. އިލެކްޝަނުން އެކަމުގެ ތަފީސްލު މިއަދު އާންމުކުރި އިރު މި ހަތަރު ޕާޓީން ވެސް ވަނީ މެމްބަރުން ހަމަކޮށްފައެވެ. އެގޮތުން އެމްއާރްއެމްއިން ވަނީ 2280 މެންބަރުން ތިއްބާ [...
ޝިއުނާ އާދަމް
އެތައް ޒަމާނަކަށްފަހު މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން މި މަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފި އެވެ. މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ ތެރޭގައި ހުޅުވާލާނެ ކަން އިޢުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުންސިންގް މިނިސްޓަރު މުޙައްމަދު އަސްލަމެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދާދި މިދާކަށް ދުވަހު އިޢުލާނު ކުރެއްވި ފަދައިން މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި...
ސަނިއްޔާ އަބޫބަކުރު
ރައްކާ ރޯޑު ސޭފްޓީގައި އެލައިޑާއި ޝީޝާގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބައިވެރިވެއްޖެއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން “ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް” އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރެއްވީ އެ ކުންފުނި ތަކުގެ ވެރިންނެވެ. އެގޮތުން ފުލުހުންގެ ފަރާތުން މި އެއްބަސ...
ސަނިއްޔާ އަބޫބަކުރު
“މޯލްޑިވްސް ހެލްތު ސަރވިސަސް” ގެ ނަމުގައި އާ އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އާ އިދާރާ އުފެއްދެވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މޯލްޑިވްސް ހެލްތު ސަރވިސަސްގެ ނަމުގައި އާ އިދާރާއެއް މި އުފ...
ސަނިއްޔާ އަބޫބަކުރު
މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ފުލުހުންގެ ޚިދުމަތުން ގުޅިގެން ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. ކަސްޓަމްސް އިން މިރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރި ކޮންޓެއިނާ އަކީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ކޮންޓެއިނަރެއ...
ޔުމްނާ ޢަލީ
ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިއުމެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުގެ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ. ފުލުހުން ބުނެފަ...
މުޙައްމަދު ވަސީމް
ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނ،ީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންވެ ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް […]
އަލީ އާދިލް
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. ފުލުސް އޮފީހުން ކުރައްވާފައިވާ އިއުލާނުގައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) ކަމުގައެވެ. އޭނާ ހޯދަމުން ގެންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ފުލުހުންގެ މައްޗަށް ކޯޓުނ...
ސަނިއްޔާ އަބޫބަކުރު
ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ...
ޔުމްނާ ޢަލީ
ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް ސާމްޕަލް ޕޮޒިޓިވިޓީއާ އެކު […]
ސަނިއްޔާ އަބޫބަކުރު
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި މައްސަލަ އެވެ. ކްރިމިނަލް ކޯޓުން އެ ހުށަހެޅުންތައް ބަލައިނުގަތީ މުއްދަތު ހަމަވުމުންނެވެ. ހައި ކޯޓުގައި އ...
ހުސައިން ހަބީބް
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ....
އަލީ އާދިލް
މާފަންނު ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 11:45 ކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ. ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ބަލިވެ އުޅުނު މީހެކެވެ. އެ މީހާ މަރުވެފައި އޮތްކަން އެނގުނީ […]
ސަނިއްޔާ އަބޫބަކުރު
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށް ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމަކީ ފާޅުކަން ބޮޑު ބޭ އިންސާފެއް ކަމަށް ނިންމައި، އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަށް ދޭން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. 2016 ވަނަ އަހަރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން، 37 އަހަރުވީ ހަވީރު ނޫހާއި އޮންލައިން ނެރުން ހުއްޓުވާލީ ހަވީރުގެ ހިއްސާދާރުން ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ […]
ހުސައިން ހަބީބް
އައިއޯސީސީގެ ތިންކުޓޭންކާއި އިލްމު އިންސްޓިޓިއުޓް ގުޅިގެން ތައްޔާރު ކުރަން ފެށި ޕްރީ ސްކޫލް ފޮތް ސެޓް ތައްޔާރުކޮށް ނިންމާލައި ފޮތްސެޓް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފޮތްސެޓް ލިޔެ ތައްޔާރުކުރެއްވީ، ޕްރީ ސްކޫލްގެ ހުރިހާ މަރުޙަލާއެއްގެ ހުރިހާ މާއްދާއެއް ހިމެނޭ ގޮތުން، (އައިއޯސީސީގެ ތިންކު ޓޭންކު މެންބަރު، އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ) މަރިޔަމް ޝަޒްނާއެެވެ. މި ހުރިހާ ފޮތްތަކެއް ތައްޔާރު ކޮށްފައިވަނީ ޤައުމީ މަންހަޖަށް ރިޢާޔަތް ކޮށްގެ...
ސަނިއްޔާ އަބޫބަކުރު