އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިތާނުކުރަން ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޚިތާނު ކުރަން ބޭނުންވާ ފަރާތްތަކަށް 15 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 26 ޖޫން 2202 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.

Ad
rt

ނަންނޯޓު ކުރުން ކުރިޔަށް ދާނީ އޯ.ޕީ.ޑީ ބަންދުނޫން ދުވަސް ތަކުގައި ހެނދުނު 09:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައިވާ ސާރޖަރީ ކައުންޓަރުންނެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އެ ހޮސްޕިޓަލުން މި ސީޒަނުގައި ޚިތާނުކުރުމަށް ހަމަޖެހިފައިވަނީ ތިން ސަތޭކަ ކުދިން ކަމަށްވާތީ އަދަދު ހަމަވުމުން ނަން ނޯޓް ކުރުން ހުއްޓާލެވޭނެ ކަމަށެވެ.

މިއަހަރުގެ ހިތާނު މޫސުން ކުރުން ކުރިޔަށް ދާނީ 02 ޖުލައި 2022 އިން ފެށިގެން 31 ޖުލައި 2022 ގެ ނިޔަލަށެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހޭނީ ނަންނޯޓު ކުރާ ތަރުތީބުންނެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ހެނދުނު 08:00 އިން ހަވީރު 16:00 އާއި ދެމެދު އައިޖީއެމް ހޮސްޕިޓަލުގެ ސަރޖަރީ ކައުންޓަރ ނަންބަރު 3335300 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުން އެދިވަޑައިގެންފައި ވެއެވެ.