މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 751 ވަނަ ޞަފްޙާ

އާރަށް މައްސަލާގައި ހެކިބަސް ނަގަން ފަށައިފި

އާރަށް މައްސަލާގައި ހެކިބަސް ނަގަން ފަށައިފި

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުން މިއަދު ހެކިބަސް ނަގަން ފަށައިފި އެވެ. ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އަދި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރަނީ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު […]

ހުސައިން ހަބީބް
މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ، އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަދުއެވެ. މިއާއެކު ރާއްޖޭގެ މަަނީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ […]

ޝިއުނާ އާދަމް
ވަކީލުންނަށް ލުއިލިބޭހެން ބާ އިމްތިހާނުގެ އުސޫލު ބަދަލުކުރަން ގާނޫނީ ފަންނުގެ ބިލަށް އިސްލާހެއް

ވަކީލުންނަށް ލުއިލިބޭހެން ބާ އިމްތިހާނުގެ އުސޫލު ބަދަލުކުރަން ގާނޫނީ ފަންނުގެ ބިލަށް އިސްލާހެއް

ގާނޫނީ ފަންނުގެ ގާނޫނު ތަސްދީގު ކުރި އިރު ކިޔަވަން ފަށައި އަދި ނިމިފައިވާ ގާނޫނީ ވަކީލުންނަށް ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ނުޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެމްއެންޕީގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަގޮތުން ގާނޫނީ ފަންނުގެ ބިލު ފާސްކުރި އިރު ލައިސަންސް ލިބިފައި ނުވާ ހުރިހާ […]

އިބްރާހިމް އަސްވާޤް
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ތަޅާލަނީ

އަރަބި ބަހުން ތައުލީމް ފޯރުކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލަން ފަށައިފިއެވެ. މީގެ ކުރިން އެ ސްކޫލް ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި ހުރި އިމާރާތެއްގައެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހެދުމުގެ މަސައްކަތް ފެށިފައި މިވަނީ އެ ސްކޫލް ހިންގަމުން ދިޔަ އިމާރާތުގައި ރެނދުލާ ދަރިވަރުންނަށް ނުރައްކާތެރި މާހައުލަކަށް ސްކޫލު ވެފައިވާތީ އެ ޝަކުވާ ބޮޑުވެ އެންމެ ފަހުން ބެލެނެވެރިން […]

މުޙައްމަދު ވަސީމް
ބައިނަލްއަގުވާމީ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި

ބައިނަލްއަގުވާމީ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މާސްކު އަޅަން ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންގައިފިއެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ދެ އަހަރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މާސްކު އެޅުން މަޖުބޫރިކުރި އުސޫލު ވެސް އުވާލީ މި އަހަރު މާޗު މަހުއެވެ. ކުރިއަށް އީދު ބަންދެއް އޮއްވާ މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓުގައި ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ހުރިހާ އެންމެން ވެސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު […]

މުޙައްމަދު ވަސީމް
މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ މަރުވެއްޖެ

މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީގައި ހިނގި ހާދިސާއެއްގައި މާބްލް ޝީޓްތަކުގެ ދަށުވި ދެވަނަ މީހާ ވެސް މަރުވެއްޖެއެވެ. މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި، ދެ ފަރާތުގައި ލައްގާފައި ހުރި ޝީޓްތަކުގެ މެދުގައި ތާށިވީ ދެ ބިދޭސީންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އެތަނުގައި މަރުވެފައެވެ. އަނެއް މީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާ އަށް އައިޖީއެމްއެޗުގައި އޮއްވާ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހާދިސާގައި ދެވަނަ އަށް މަރުވީ […]

ޝިއުނާ އާދަމް
ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ހިންގި ތަމްރީން ނިއްމާލައިފި

ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ހިންގި ތަމްރީން ނިއްމާލައިފި

ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި “އެކްސަސައިޒް ބްލެކް މަރލިން 2022” ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހ...

ސަނިއްޔާ އަބޫބަކުރު
ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް

ހދ. އަމާންހިޔާ ކުދިންނަށާއި މުވައްޒަފުންނަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރަން ސެޝަންތަކެއް

ހދ. އަމާންހިޔާ ކުދިންނަށާއި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝެންތައް ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ސެޝަންތަކަކީ ކުޅުދުއްފުށީ ސިޓީ ޕޮލިސް، ޑިޖިޓަލް އެވިޑެންސް ލެބޯޓްރީ، އަދި ހދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދ...

އަލީ އާދިލް
ދުވާފަރު ސިއްޙީ މަރުކަޒުން، ފިހާރަތަކުގައި ހުރި މުއްދަތު ހަމަވެފައިވާ ތަކެތި ނަގައިފި

ދުވާފަރު ސިއްޙީ މަރުކަޒުން، ފިހާރަތަކުގައި ހުރި މުއްދަތު ހަމަވެފައިވާ ތަކެތި ނަގައިފި

ރ. ދުވާފަރު ސިއްޙީ މަރުކަޒުން ފިހާރަތައް ޗެކުކޮށް، މުއްދަތު ހަމަވެފައިވާ ތަކެތި ނަގައިފި އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މި މަހުގެ 08 ވަނަ ދުވަހުން ފެށިގެން ދުވާފަރު ސިއްޙީ މަރުކަޒުގެ މުވައްޒަގުންނެވެ. އެމަރުކަޒުން ބުނީ މިހާރު ކުރިއަށް ގެންދާ ފިހާރަތައް ޗެކުކުރުމުގެ ޕްރޮގްރާމުގައި މިހާތަނަށް ބެލުނު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތަކުން މުއްދަތު ހަމަވެފައިވާ ތަކެތި ނެގިފައިވާކަމަށާއި ބައެއް ފިހާރަތަކުގައި އެއްވެސް މިންވަރަކަށް މުއްދަތު ހަމަވެފައިވާ ތަކެތި ނެތްކަން ފާހަގަ ކޮށްފައި...

ސަނިއްޔާ އަބޫބަކުރު
ވޮއިސްގެ ޗީފް އެޑިޓަރ ޝަފްރާޒް އަށް އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެ

ވޮއިސްގެ ޗީފް އެޑިޓަރ ޝަފްރާޒް އަށް އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއް ކަވަރު ކުރަން ހުރި “ވޮއިސް”ގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސެއިން އަށް ސިފައިންގެ ބޭކަލަކު އިންޒީރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެ ސަރަހައްދުގައި ހުރެ ޝަފްރާޒު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ހިޔާ ސަރަހައްދުގައި އޮތް ރަސްމިއްޔާތު ކުރިއަށް ދިޔަ އިރު، އެސަރަހައްދަށް އެއްވެފައި ތިބި އާއްމުން ކައިރީގައި އޭނާ ހުއްޓާ ސިފައިން އައިސް “މި ޅ* ހޭއަރުވާލަން ޖެހޭ.” ކަމަށް ބުނެ ވަނީ […]

އަލީ އާދިލް
ޕާކިސްތާނު ކައްކާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

ޕާކިސްތާނު ކައްކާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

މިދިޔަ އޭޕްރީލް މަހުގެ 16ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ޚަންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުން ދިޔަ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ. ޕީޖީ އޮފީހުން މިއަދު ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އާބިދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހުލުމާލެ ޚާންޖީ...

އަލީ އާދިލް
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް ޑރ ޝަހީމް އަށް

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް ޑރ ޝަހީމް އަށް

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ރައީސް، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އަރުވައިފި އެވެ. މި އެވޯޑް ޙަވާލުކޮށްދެއްވީ މިރޭ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި އޮތް ޚާއްޞަ ޙަފްލާގައި ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާން އެވެ. އެޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑަކީ ޖާއިޒަތުލްޚި...

އަލީ އާދިލް
މަސްދަރު ހާމަކުރާ ބިލުންް، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އިތުރަށް ފަހަތަށް ޖެހޭނެ: އެމްއެމްސީ

މަސްދަރު ހާމަކުރާ ބިލުންް، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އިތުރަށް ފަހަތަށް ޖެހޭނެ: އެމްއެމްސީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުވާ ފަދަ މާއްދާއެއް ހިމަނާފައި ވުމަކީ ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ފަހަތަށް ޖެހި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ. މި ބިލާ ގުޅޭގޮތުން މިއަދު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ނައިބު ރައީސް ހުސައިން ސަގީފް ވިދާޅުވީ މި އަހަރު އާރުއެސްއެފް އިން ނެރުނު ރިޕޯޓުގައި ވެސް މި ބިލުގެ ވާޙަކަ ފާހަގަކޮށްފައިވ...

ޝިއުނާ އާދަމް
ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް

ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް

ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރއެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރ...

ޝިއުނާ އާދަމް
ރައީސް ސޯލިހު ހަފްތާ ބަންދުގައި ފުނަދުއާއި ހޮޅުދުއަށް

ރައީސް ސޯލިހު ހަފްތާ ބަންދުގައި ފުނަދުއާއި ހޮޅުދުއަށް

ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މި ހަފްތާ ބަންދުގައި ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ @ibusolih ޖޫން 17-19 އަށް ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވާނެ. އެމަނިކުފާނު ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކ...

އިބްރާހިމް އަސްވާޤް