ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ޤާސިމް ކުށްވެރިކުރައްވައިފި
ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ކުށްވެރިކުރަށްވައިފިއެވެ. ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ވާހަކައިގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނެއް ހިތްހަމަނުޖެހިފައިވާ ކަމަށ...