އެތައް ޒަމާނަކަށްފަހު މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން މި މަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ ތެރޭގައި ހުޅުވާލާނެ ކަން އިޢުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުންސިންގް މިނިސްޓަރު މުޙައްމަދު އަސްލަމެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދާދި މިދާކަށް ދުވަހު އިޢުލާނު ކުރެއްވި ފަދައިން މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވައިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ.

ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.