ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނ،ީ ‏ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

Ad
rt

އެހެންވެ ‏ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް ބަލައިގަތުމަށް ނިންމަވާފައިވާ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާތީ ނޯޓިސް ދީފައި ވަނީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ވަގުތީ ލީޑަރުކަން ކުރަށްވާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށާއި، ކުރީގެ ރައީސް މައުމޫންގެ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) އާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

އެމްއާރްއެމް އަދި އެމްޓީޑީ އިން ވަނީ 3000 މެމްބަރުން ހަމަކުރުމަށްފަހު އީސީއަށް ފޯމު ހުށަހަޅާފައިކަމަށް އެ ޕާޓީތަކުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ.