ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުސް އޮފީހުން ކުރައްވާފައިވާ އިއުލާނުގައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) ކަމުގައެވެ.
އޭނާ ހޯދަމުން ގެންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވަނީ، ބަންދުގައި ބަހައްޓައިގެން 2022 ޖޫން 15 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކޮށްދިނުމަށެވެ.
މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!