އަންނަ ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ޢީދު ބަންދާއި ދިމާވާގޮތުން ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ޢާއްމުކޮށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރނެ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށެވެ. އަދި ވިލާ ގަނޑު ގައި އިތުރަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!