ޢީދު އަދި ވަޅުޢީދު ދުވަހުގެ ހަވީރު މާލޭގައި ދުއްވުން މަނާ ވަގުތެއް ކަނޑަ އަޅައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ މި އަހަރުގެ އަޟްހާ އީދު ދުވަހާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅޭނެ ވަގުތުތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނިންމާފައި ވާތީ ކަމަށެވެ.

Ad
rt

މި ހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި ނިންމުމާއެކު ޢީދު އަދި ވަޅުޢީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މާލޭގައި ޢާއްމުކޮށް އުޅަނދު ފަހަރު ދުއްވުން މަނާ ވާނެއެވެ. ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.

މީގެ ކުރިންވެސް ބައެއް މުނާސަބަތު ތަކާއި ގުޅުވައިގެން މާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކުރެއެވެ.