މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 716 ވަނަ ޞަފްޙާ

މާފަރު ސުކޫލުން ގަތްކަމަށް ބުނާ ހިލަވެލީގެ ފައިސާ ޖަމާވީ "ހުއްދަ ދިން" ޕްރިންސިޕަލްގެ އެކައުންޓަށް!

މާފަރު ސުކޫލުން ގަތްކަމަށް ބުނާ ހިލަވެލީގެ ފައިސާ ޖަމާވީ "ހުއްދަ ދިން" ޕްރިންސިޕަލްގެ އެކައުންޓަށް!

މާފަރު ސުކޫލުން ގަތްކަމަށް ބުނާ 80 ޓަނުގެ ހިލަވެެއްޔަށްވާ 31،120 ރުފިޔާ، މާފަރު ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، އަދި މިހާރުގެ މާފަރު ކައުންސިލް ރައީސް މުޙައްމަދު އަދުނާނުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ތެރެއިން، އަމިއްލަ ފަރާތަކުން ހޯދަން އެދުނު މަޢުލޫމާތަކާއި ގުޅިގެން ސުކޫލުން ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ހިލަވެލި މާފަރު ސުކޫލަށް ވިއްކި ކަމަށް އިންވޮއިސް ހުށަހަޅާފައިވަނީ ޓެކް ބީމް ނަމަކަށް ކިޔާ ފަރުދީ ވިޔަފާރި އަކުންނެވެ....

އަލީ އާދިލް
އާޒިމާގެ މައްސަލަ ކުރިއަށް ގެންދަނީ، ގާޒީގެ ނިންމުން ބަދަލެއް ނުވި

އާޒިމާގެ މައްސަލަ ކުރިއަށް ގެންދަނީ، ގާޒީގެ ނިންމުން ބަދަލެއް ނުވި

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކުރިން ނިންމައިފަ އެވެ. އާޒިމާގެ […]

ހުސައިން ހަބީބް
ނައިފަރު ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނައިފަރު ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނައިފަރު ޑްރާމާ މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދިވެހި ޘަޤާފަތާއި ދިވެހިންގެ ވައްޓަފާޅި އާއި އާދަކާދަ ރައްޔިތުންގެ މެދުގައި ދިރުވައި އާލާކޮށް އެކުވެރިކަމާއެކު ވާދަވެރި ރޫޙެއްގައި ހުނަރާއި ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ ފުރަތަމަ ދުވަހު ކަމަށެވެ. 3 ކ...

އަލީ އާދިލް
ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް

ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް

ހއ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާތީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ކައުންސިލުން ހއ. އަތޮޅު ޕޮލިސް ކޮމާންޑަރާއި ބައްދަލު ކޮށްފިއެވެ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި ޒަމާންވީ މައްސަލައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރެއް، ދޮޅު އަހަރެ...

އިބްރާހިމް ޚަލީލް
ސިވިލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް 17 މީހުން

ސިވިލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް 17 މީހުން

ސިވިލް ކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ. ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ އެކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނާއި ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހު 23 ގައެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އެކޮމިޝަނުނ...

ޝިއުނާ އާދަމް
ބަހަށް އުނދަގޫވާހެން ޕާކުކުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާ

ބަހަށް އުނދަގޫވާހެން ޕާކުކުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާ

މާލޭގެ ތެރޭގައި ދުއްވަން ފަށާފައިވާ މިނީ ބަހަށް އުނަގޫވާގޮތަށް ޕާކުކޮށްފައި ހުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފިއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ މިދިޔަ ހަފްތާގައެވެ. އޭގެ ކުރިން މާލޭގެ މަޖީދީ މަގުގާއި އަމީނީ މަގުގައި ޕާކުކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ. އަދި މީގެ އިތުރަށް މާލެ ސަރަހައްދުގައި ބަސް ދުއްވަން އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރޭތޯ ބަލަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން […]

ޝިއުނާ އާދަމް
ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް

ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް

ގެއަކަށް ވަދެ މީހަކަށް ބިރު ދެއްކުމަށްފަހު މީހެއްގެ ދުން ބޯ ގުޑުގުޑާ ހަލާކުކޮށްލި މީހަކު 19،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ލ. ގަމު ހުދުވިލާގޭ ހުސައިން ރިޔާޒްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު މާލޭގެ ގެއަކަށް ވަޅިއެއް ހިފައިގެން ވަދެ، މީހަކަށް މަރުގެ އިންޒާރު ދިނުމަށްފަހު އަދި އެވަގުތު އެތަނުގައި ގުޑުގުޑާ ބޯން އިން މީހެއްގެ ގުޑުގުޑާ ހަލާކުކޮށްލުމުންނެވެ. އެ ދެ ކުށަށް ވެސް އޭނާ އެއްބަސްވި އެވެ. […]

އަލީ އާދިލް
އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ

އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވުމުން އޭނާގެ މައްޗަށް ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމައި، ހުކުމް […]

ހުސައިން ހަބީބް
އައި ރުޅީގައި ހުރިހާ އެއްޗެއް އުކާލީ ހިޔާ ފުލެޓުގެ މަތިން މަގުމައްޗަށް

އައި ރުޅީގައި ހުރިހާ އެއްޗެއް އުކާލީ ހިޔާ ފުލެޓުގެ މަތިން މަގުމައްޗަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި މީހަކު މަގުމައްޗަށް އެއްޗެހި ތަކެއް އުކާލުމުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ފުލުހުން ބުނީ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން […]

އިބްރާހިމް އަސްވާޤް
ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެދިއްޖެ

ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެދިއްޖެ

މިއަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެ އެވެ. ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ ގޮތުން އީޕީއޭއިން މިއަދު ނެރުނު ސާކިއުލަރ އެއްގައު ބުނެފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަސްކަމުން، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި މިނޫންވެސް އެހެނިހެން ފަރާތްތަކުން މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް...

އިބްރާހިމް އަސްވާޤް
''މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް''

''މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް''

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ. އެއާއެކު ވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން...

އަލީ އާދިލް
''ބޮޑު ތިލަދުންމަތީގެ 41 ރަށް އެދަނީ ދުވާލު ދެ ދަޅައަށް އެއްވެ ގުޅެމުން''

''ބޮޑު ތިލަދުންމަތީގެ 41 ރަށް އެދަނީ ދުވާލު ދެ ދަޅައަށް އެއްވެ ގުޅެމުން''

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް.) އިން ބޮޑުތިލަދުންމަތީގެ 41 ރަށް ދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށ...

ޙުސައިން ޝަހުދީ
''ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަންޖެހޭނީ މިބާރުތަށް ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް''

''ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަންޖެހޭނީ މިބާރުތަށް ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް''

ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަ...

އަލީ އާދިލް
ވިއަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް

ވިއަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު މިއަދު ފެސްޓިވަލެއް ބާއްވައިފިއެވެ. ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރ...

އަލީ އާދިލް
ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"

ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ […]

ހުސައިން ހަބީބް