ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފި އެވެ. މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީ...
ޔުމްނާ ޢަލީ
މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […]
ޔުމްނާ ޢަލީ
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […]
ޔުމްނާ ޢަލީ
ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ” ފުލުހުން ވިދާޅުވިއެވެ. ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކ...
ޔުމްނާ ޢަލީ
މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިފަދައިން މިޢުވާން ވިދާޅުވީ، ޚަރަދު ކުޑަކުރަން އަންގާފައި އޮތްވައި ބޮޑެތި މުސާރަތަކެއް ދޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ސަބަބު ސާފުކޮށްދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. “ޚަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުންދާނެ” މިޢު...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. ރައީސް އޮފީހުން މިރޭ ވިދާޅުވީ، ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިނަމ...
އަލީ އާދިލް
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރަށްރަށުގެ ޖަގަހަތަކަށް ޓީވީ ދޫކުރަން ފަށައިފި އެވެ. އެޕާޓިގެ ޗެއާޕާސަން ނައިބް، އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީއިން ރަށްރަށުގެ ޖަގަހަތަކަށް ދޫކުރާ ޓިވީ ތައް ދާއިރާތަކުގެ ރައީސުންނާއި ހަވާލުކުރުން މިހާރު ކުރިއަށް ދާކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގެ ރައީސުން ނާއި ޓީވީ ހަވާލު ކުރައްވާ އެފޮޓޯތައްވެސް ވަނީ އާންމުކުރައްވާފަ އެވެ. ރަށްރަށުގެ ޖަގަހަތައް އަލުން އާބާތުރަ ފިލުވައި ސިޔާސީ […]
އަލީ އާދިލް
މާލެ އާއި ވިލިމާލޭގެ މަވުތަކާއި އާއްމު ތަންތަން ސާފު ކުރުމަށް ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އާ ނުކޮށް އެ ހިދުމަތް ކައުންސިލުން އަމިއްލައަށް ދޭން ނިންމުމުން ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސިޓީ ކައުންސިލުން މިގޮތްށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ވެމްކޯއާ ހަވާލުކޮށްގެން ކުނި ނަގާނަމަ ހަރަދު ބޮޑުކަމަށާއި އަމިއްލައަށް ކުރުމުން މިހާރު ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ނިންމ...
އަޙްމަދު ވަހީދު
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރ...
ޔުމްނާ ޢަލީ
ސަރުކާރުން ބާއްވަވަމުން އަންނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، މިޢްވާން ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެ...
ޔުމްނާ ޢަލީ
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ […]
އަލީ އާދިލް
ށ. އަތޮޅުގެ ރަށްރަށުގެ ސިއްހީ އިދާރާތަކަށް އެ އަތޮޅު ކައުންސިލުން ދެ ލައްކަ ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުން ތަކުގައި ސޮއި ކޮށްފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) ”ތިލަދުން” އަށް ވިދާޅުވީ، އަތޮޅު ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް އަތޮޅު ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުން އެ އަތޮޅުގެ 14 ރަށެއްގެ ސިއްހީ އިދާރާތަކަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި އެހީތެރިކަމަކީ އެ އިދާރާތަކުން ހިންގާ ގައިން […]
ޙުސައިން ޝަހުދީ
ސައޫދީއަރަބިއްޔާގެ މައްކާގައި އޮންނަ ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިން ވެސް ސަޢުދީޢަރަބިއްޔާއަށް ފުރާނެއެވެ. ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމ...
ޔުމްނާ ޢަލީ
ރ. މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ އަގަކީ 8,056,265.49 ރުފިޔާއެވެ. އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ތައު...
ޔުމްނާ ޢަލީ
އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް ޖަލު އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވ...
އަލީ އާދިލް