މިނީ ބަހުގެ ޚިދުމަތަކީ އާއްމު ދަތުރުފަތުރުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ ދުވަހު ވެސް 2000 އަށް ވުރެ ގިނަ މީހުން ވަނީ އެ ޚިދުމަތް ހޯދާފައެވެ. އެގާރަ އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ. މާލޭގައި ތިން ރޫޓަކުން ބަސް ދަތުރުތައް ކުރަމުން އަންނައިރު، މި […]
ޔުމްނާ ޢަލީ
ތިން ފުޅި ބަނގުރަލާ އެކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހިނގާ ސެޕްޓެމްބަރު ފަސް ވަނަ...
ޔުމްނާ ޢަލީ
ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެޅި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަރވޭ ކުރަންފަށައިފިއެވެ. އީޕީއޭއިން ބުނިގޮތުގައި އެ މަޝްރޫޢު ހިންގާ އެފްކޮންސްއާ ގުޅިގެން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ އެސެސްމަންޓެއް ހަދަން ފަށާފައިވާ ކަމަށެވެ. ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. ބުރިޖުގެ […]
ޔުމްނާ ޢަލީ
އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއ...
ޝިއުނާ އާދަމް
އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވިއްސާރަކުރަމުންދާތީ އެތަނުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ފެންބޮޑުވެ އެކުވަރުގެ ގެއްލުން އަންނަނީ ވަމުންނެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދ...
ޝިއުނާ އާދަމް
އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ވެސް ފުލުހުން އެދިވަޑައިގަންނަވައެވެ. ”މިފަދަ މައްސަލަތައް ރިޕޯޓު ކުރައްވަން އަޅު...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ތަނުގައި މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުުހު ވިދާޅުވެއްޖެއެވެ. މާލެ ތެރޭގައި ދުއްވާ މިނީ ބަހުގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީބަހުގެ ޚިދުމަތް ފެށުމަކީ އެ ނިޒާމު ފުރިހަމަކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި،...
ޝިއުނާ އާދަމް
ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް އަމާޒުކޮށްގެން ހާއްސަ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވެފައިވާ މި މުބާރާތަކީ ޓުރައިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދު ރަސްމީކޮށް އިފުތިތާހުކުރި “މޯލްޑިވްސް 50 ބެސްޓް ސައިޓްސް” ވެބްސައިޓާއެކު، ފޮޓޯ މުބާރާތުގައި ރަޖިސްޓަރީ ވުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ....
ޝިއުނާ އާދަމް
ށ. ފޭދޫ ކައުންސިލުން ބޭއްވި ”ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތް 1444” އިން މުޅި މިބާރާތުން އެއް ވަނައަށް ސާރާ ހުސައިން ޞަލާޙް ހޮވިއްޖެއެވެ. ސެޕްޓެމްބަރު 2 އިން 3 އަށް ކުރިއަށް ގެންދިޔަ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެރަށުގައި ކީރި ޤުރްއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ފޭދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ […]
ޔުމްނާ ޢަލީ
ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީގެ ސުލޫކީ މައްސަލައެއް ބަލަން އުޅޭތީ އޭނާ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ އަޙްމަދު ސަޢީދު ޢަލީ، އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަން އެ ކޮމިޝަނުން ހާމަކުރީ މިއަދުއެވެ. މައްސަލަ ބަލަން ނިންމުމާއި އެކު ސައީދު ވަނީ […]
ޝިއުނާ އާދަމް
ބައިނަލްއަޤްވާމީ ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. އެ އިން ޤައުމަކީ ޕެނަމާ އާއި، ގާނާ އާއި އަދި ގެމްބިއާ އެވެ. މީގެ ތެރެއިން މިއީ ޕެނަމާ އިން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ. ޕެނަމާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީ...
ޔުމްނާ ޢަލީ
2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ (އޭޕީ) އަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ސިޔާސީ ޚަރަކާތްތައް ފުޅާކުރަމުން އަންނައިރު، އެ ޕާޓީގެ ކުރިމަގުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި އަތޮޅުތަކަށް ދަތުރުފަށައި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދ...
އަލީ އާދިލް
ބޭސްފިހާރަތަކުން ދޫކުރާ ބޭސްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް އާސަންދަ ކުންފުންޏަށް ރިޕޯޓުކުރަން އެ ކުންފުނިން އެިއްޖެއެވެ. އެ ކުންފުނިން މިހެން ބުނެފައި މިވަނީ މުއްދަތް ހަމަވާން ގާތްވެފައިވާ ބޭސްތަކެއް ބައެއް ބޭސްފިހާރަތަކުން ދޫކުރާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން އާސަންދަ ކުންފުނިން ވަނީ ބޭސް ނަގާއިރު މުއްދަތު ހަމަވާ ތާރީހު ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި ތާރީހު ފެންނަން ނެތް ނަމަ ބޭސް ނުނެގުމަށް ވެސް އެދިފައިވެއެވެ. މީގެ އ...
ޝިއުނާ އާދަމް
މި އަހަރުގެ ދެވަނަ ވިޔަވަތި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ. ވިޔަވަތި ކޮންފަރެންސް އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގައެވެ. މި ބައްދަލުވުމުގައި ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، […]
ޝިއުނާ އާދަމް
ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. ބުރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް މޫސުން ގޯސްވެ އެ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެތަނުން ނެގުނީ ވެސް ހަފްތާއަކަށް ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެކަމުގައި ގިނަބައެއްގެ ކަންބޮޑުވުން އޮތް އިރު، ޕްލެޓްފޯމް ނެގިފަހުން ވެސް އޭގެއިން ފާބައިފާ […]
ޝިއުނާ އާދަމް