މިދިޔަ އަހަރު ގއ. މާމެންދޫގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި މައްސަލާގައި ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ކުށް ސާބިތުވެފައި ވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި […]
ޝިއުނާ އާދަމް
ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް […]
ޔުމްނާ ޢަލީ
މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 198...
މުޙައްމަދު ވަސީމް
ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީ...
ޔުމްނާ ޢަލީ
އާސަންދަ ކުންފުނީގެ ފަރާތުން ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ ދަށުން ޓީވީ ހަދިޔާކުރަން ނިންމާފައިވާ ހޮސްޕިޓާ ތަކާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓާ/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، ‘ވިލުން’ ގެ ދަށުން ކުރިއަށް ގެންދާ ކަމެއްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އޮންލައިންކޮށް ކުރިއ...
ޔުމްނާ ޢަލީ
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ދުވަސްތައް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާނެ ރަށްތައް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކ...
އަލީ އާދިލް
ރެޑްވޭވް ފިހާރައިން ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުނު މީހަކު 17،000ރ. އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑު ކައިރީގައި ހުންނަ ރެޑްވޭވުން ދެ ސެންޓު ފުޅި ވަގަށް ނަގައިގެން ޖިންސާއި އުނަގަނޑާ ދޭތެރެއަށް ޖަހައިގެން ދާން އުޅެނިކޮށް އަތުލައިގަތީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް […]
ހުސައިން ހަބީބް
ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ. އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ. ޑރ. ޝަހީމްގެ މި ފޮތުގައި، މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި […]
އަލީ އާދިލް
މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާލޭގައި ގާއިމުކޮށްފައިވާ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ހެނދުނު ރައީސްވަނީ ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަ...
ޔުމްނާ ޢަލީ
އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަތޮޅުފިހާރަތައް ތަރައްޤީ ކުރުމުގެ ވާހަކަ އެ ކޮންފަރެންސްގައި ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއ...
އަލީ އާދިލް
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތ...
ޔުމްނާ ޢަލީ
ވަކި އުސޫލެއްގެ ދަށުން އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރެވޭ ގޮތް ހަދައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަކި ދާއިރާތަކަކުން ނޭޝަނަލް ސެޓްފިކެޓު 3 ޙާޞިލް ކުރާ ފަރާތްތަކަށް އިތުރު ތިއަރީ އިމްތިޙާނަކާ ނުލައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން ލައިސަންސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ބޯޓު އޮޕަރޭޝަން ކަމަށް ބުނެފައިވެއެވެ. އެގޮތުން ބަސް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓިފިކެޓް ހާސިލްކޮށްފައިވާނަމަ ލިބެނީ،...
ޝިއުނާ އާދަމް
ނޫނު އަތޮޅު ކޮމެޓީ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކްލަބް، ޖަމިއްޔާތަކަށް މިއަދު ހުޅުވާލައިފިއެވެ. ނ. އަތޮޅު ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ނޫނު އަތޮޅު ކައުންސިލް ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ އައު ހިންގާ ގަވާއިދުގައިވާގޮތުން އެ އަތޮޅު އެއްރަށާ އަނެއްރަށާގުޅުވާ ހިންގާދޭ އަތޮޅު ފެންވަރުގެ ކޮމިޓީތަކެއް އެކުލަވާ ހިންގަންޖެހޭ ކަމަށެވެ. އެހެންކަމުން ތަފާތު ދާއިރާތަކުގެ ކޮމިޓީތަކުގައި އެދާއިރާތަކާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭގޮތަށް ހިންގުމަށް ޝައުގުވެރިވާ ޖަމުއިއ...
ޙުސައިން ޝަހުދީ