ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުން ބަލައެއް ނުގަނެވޭ: އެމްއެމްސީ
ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި، ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވިދާޅުވެއްޖެ އެވެ. އެމްއެމްސީ އިން މިހެން ވިދާޅުވީ ފަހަކަށް އައިސް ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާތީ، އެކަމުގެ ކަންބޮޑުވުން ހާމަކުރައްވާ ނެރުއްވި ބަޔާނުގަ...