މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 641 ވަނަ ޞަފްޙާ

ވިލިނގިލީގައި އަޅާ 50 ރޯހައުސްގެ ބިންގާ އަޅައިފި

ވިލިނގިލީގައި އަޅާ 50 ރޯހައުސްގެ ބިންގާ އަޅައިފި

ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް ހައުސިން ނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ. ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިދިޔަ އަހަރު ޖޫންމަހު...

ޔުމްނާ ޢަލީ
މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވީއައިއޭ އިން ''ގެއްލިއްޖެ''

މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވީއައިއޭ އިން ''ގެއްލިއްޖެ''

30 ކިލޯގެ މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގެއްލިއްޖެ އެވެ. ދިވެހި ފުލުހުން ހިދުމަތުން މީޑިއާއަށް މައުލޫމާތު ދެއްވާ މަންސަ (ޕްލެޓްފޯމް) ގައި ވިދާޅުވެފައިވަނީ މި ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ރާއްޖެ އައި […]

މުޙައްމަދު އަފްރާޙް
ނޫސްވެރިންނާ ގުޅުވާ ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ، ޖިސްމާނީ ބިރުވެރިކަމާއި ވަނީ ކުރިމަތިލާންޖެހިފައި: މިހާރު

ނޫސްވެރިންނާ ގުޅުވާ ދައްކާ ވާހަކަތަކުގެ ސަބަބުން ނަފްސާނީ، ޖިސްމާނީ ބިރުވެރިކަމާއި ވަނީ ކުރިމަތިލާންޖެހިފައި: މިހާރު

“މިހާރު” ނޫހުގެ ނޫސްވެރިންނާއި ގުޅުވައި ދައްކާ ސާބިތު ނުހިފޭ ވާހަކަ ތަކުގެ ސަބަބުން އެ ނޫސްވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެދުވަހަކުން ކުރިމަތިލާންޖެހިފައިވާކަމަށް އެ ނޫހުން ބުނެފިއެވެ. އެ ނޫހުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވުމުގެ ސަބަބުން ބައެއް މައްސަލަތަކުގެ ޖިނާއީ ތަހްގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އެނޫހުގެ ވަކިވަކި ނޫ...

މުޙައްމަދު އަފްރާޙް
"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ

"ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް" މާޗު މަހު ބާއްވަނީ

ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ މަޝްވަރާއަށް ހުޅުވާލައިފި އެވެ. “ޕޮލިސް އިނޮވޭޝަން އެންޑް ރިސަރޗް ކޮންފަރެންސް” ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 18 އިން 21 ގެ ނިޔަލަށެވެ. މި ކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދު...

މުޙައްމަދު އަފްރާޙް
މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ މައުމޫންގެ ވެރިކަމުގައި ހުށަހެޅި ބިލު ޤާނޫނަކަށްވުމުން: ޝަރީފް

މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ މައުމޫންގެ ވެރިކަމުގައި ހުށަހެޅި ބިލު ޤާނޫނަކަށްވުމުން: ޝަރީފް

ޕެންޝަން ބިލު ހުށަހެޅީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ބިލު ޤާނޫނަކަށްވުމުން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕެންޝަން ބިލު މަޖިލީހަށް ހުށަހެޅުނީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އަދި މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ޤާނޫނުގެ ދަށުން ކަމަށެވެ. ”އެ ބިލު ފާސްވެ ޤާނޫނަކަށްވެ ޢަމަލުކުރަން ފެށީ 2009 ވަނަ އަހަރުގެ ކުރީކ...

ޔުމްނާ ޢަލީ
ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަށްފަހު، ފުރާވަޑަގެންނެވީ މިއަދު ހެނދުނު އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ. މި ޖެނުއަރީ މަހުގެ 15 ވީ އާދީ...

މުޙައްމަދު އަފްރާޙް
ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަހު ބާއްވާނެ: ޖޭޕީ

ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަހު ބާއްވާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެޕާޓީން ހާމަކުރައްވައިފި އެވެ. އެ ޕާޓީން މިކަން ހާމަކުރެއްވީ އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީހަކާމެދު ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނާތީ އެވެ. މިކަން އޮޅުން ފިލުވައި ދިނުމަށް ވީޑިއޯއެއް އާންމު ކުރެއްވުމުގެ އިތުރުން، ކުރެއްވި ޓްވީޓެއްގައި ޖޭޕީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގެ 18 ވަނަ މާއްދާގެ ށ. ގެ […]

މުޙައްމަދު އަފްރާޙް
ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޢިއުލާންކޮށްފިއެވެ. ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢިއުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަ...

ޔުމްނާ ޢަލީ
ރާއްޖެ-ކެމްބޯޑިއާ: ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް

ރާއްޖެ-ކެމްބޯޑިއާ: ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް

ރާއްޖެއާއި ކެމްބޯޑިއާއާއި ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއ...

ޔުމްނާ ޢަލީ
މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ

މަރަން ހުކުމްކޮށްފައިވާ ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިއްޖެ

ފުލުހަކު މަރާލި މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ. ޖުލައި، 2012 ގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ […]

ހުސައިން ހަބީބް
ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް ކެމްޕެއިނެއް 

ދަރިވަރުންގެ ވަށައިގެންވާ މާހައުލު އުފާވެރި ތަނަކަށް ހެދުމަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކެމްޕެއިނެއް ފަށައިފިއެވެ. މިއީ ”ސްމައިލް އޮން” ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެެއިންއެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ކެމްޕެއިންގައި މި ކެމްޕެއިނުން ހާސިލ...

ޔުމްނާ ޢަލީ
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޝާއިޢުކުރަން ފަށައިފި

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ. އެކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބ...

ޔުމްނާ ޢަލީ
މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ބާއްވާ ތާރީހު އިއުލާން ކޮށްފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ހަމައެކަނި އޮންނަނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެގޮތުން ރައީސް ސާލިހުގެ މިހިނގާ 5 އަހަރުގެ ދައުރުގެ އެންމެފަހު ރިޔާސީ ބަޔާން އިއްވެވުން އޮންނާނީ އެ ދުވަހު އެވެ. ރައްޔިތުންގެ މަޖިލިސް މިއަަހަރަށް […]

މުޙައްމަދު އަފްރާޙް
އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި

އެއާޕޯޓު އިންޓަޑިކްޝަން ޓްރެއިނިން ކޯސް ފަށައިފި

ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ” ކޯސް ފަށައިފިއެވެ. މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވާގޮތުގައި މި ކޯހުގައި އެއާ އިންޓަޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދޭނެއެ...

ޔުމްނާ ޢަލީ
އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތާއެކުގައި: އިމްރާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނީ އަދާލަތު ޕާޓީ އާއިއެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައިކަން އިއްޔެ ޢިއުލާންކުރަށްވާފައެވެ. އީސީއިން ރިޔާސީ އިންތިޚާބުގެ ތާރީޚް ޢިއުލާން ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، […]

ޔުމްނާ ޢަލީ