ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ 8،000 ސޮފްހާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނާ މިއަދު ހަވާލުކޮށްފި އެވެ.
މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓް ނުލިބި ލަސްވާތީ އިދިކޮޅު ޕީޕީއެމާއި ވަކީލުން ގެންދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ފުލް ރިޕޯޓް މިއަދު ހަވާލު ކުރިއިރު، ދެ ރިޕޯޓުގައި ޖުމްލަ 8،000 އަށް ވުރެ ގިނަ ސޮފްހާ ހުއްޓެވެ. އެއީ ކޮންމެ ރިޕޯޓެއްގައި 4،000 އަށް ވުރެ ގިނަ ސޮފްހާ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަކީލުން ގެންދަނީ ކުރަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!