ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު ޖޭޕީ ކައުންސިލުން ގާސިމަށް ދީފި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު އެ ޕާޓީގެ ކައުންސިލުން މިއަދު ޤާސިމަށް ދީފިއެވެ. މި އިޚްތިޔާރު ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމުނުކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ”ތިލަދުން” އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރުމަށް އިއްތިހާ...