މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 533 ވަނަ ޞަފްޙާ

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މި ކޭސް ފެނިފައިވަނީ ވަނީ މި ހިނގާ އޮގަސްޓު މަހުގެ 5 ވީ އާދީއްތަ ދުވަހުއެވެ. އަދި މިއީ މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް ކަމަށް ހާމަކުރައްވައެވެ. އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ މި ކޭސް ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމުގެ […]

މުޙައްމަދު އަފްރާޙް
ފާރިސް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވައިފި

ފާރިސް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވައިފި

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. މީޑިއާ އަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގައި ހުރި ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ. “އެކުވެރި، ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދ...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި

ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ. އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިލައްވާފައިވަނީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މިގޮތަށް އެދިލެއްވީއެމަނިކުފާނު، އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުންނެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ. ޕީޕީއެމް، ޕީއެންސީގެ ސެނެޓުން...

މުޙައްމަދު އަފްރާޙް
ގާސިމްގެ ރަނިން މޭޓަކަށް ޑރ. އަމީން

ގާސިމްގެ ރަނިން މޭޓަކަށް ޑރ. އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް މިއަދު ހަމަޖައްސައިފިއެވެ. ކުރިން ޓްރާންޕޯޓް މިނިސްޓަރުކަމާއި ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައި އަމީން އަކީ ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަމީން އ...

ޔުމްނާ ޢަލީ
އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު!

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު!

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި “ދަ ޑިމޮކްރެޓްސް” އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިމްމޭޓަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެންޑިޑެސީ ފޯމް ހުށަހެޅުން ދަރުބާރު ގޭގައި މިހާރުދަނީ ކުރިއަށެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް 26 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަ...

މުޙައްމަދު އަފްރާޙް
ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި

މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ. ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ...

މުޙައްމަދު އަފްރާޙް
ޑރ. ޝައުގީ ޖޭޕީ އަށް ސޮއި ކޮށްފި

ޑރ. ޝައުގީ ޖޭޕީ އަށް ސޮއި ކޮށްފި

ކުރީގެ ވަޒީރު މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ. ޑރ. ޝައުގީ ވަނީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝައުގީ ޖޭޕީއަށް ގުޅިވަޑައިގެން ފޯމު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި މިއަދު ހަވާލުކޮށް ދެއްވި ރަސްމިއްޔާތުގައި ޤާސިމް ވަނީ ޑރ. ޝައުގީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޝައުގީ ސޮއި ކުރެއްވި މެންބަރޝިޕް ފޯމުގައި އެއް ހެކިވެރިއެއްގެ ގޮތުގައި ސޮއި […]

ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބު 2023: ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވައިފި

ރިޔާސީ އިންތިޚާބު 2023: ރައީސް ޞާލިޙް ފޯމު ހުށަހަޅުއްވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ރައީސްގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް އިންތިޚާބީ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ވަޑައިގަތީ ރައީސް ޞާލިޙްގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒްގެ އިތުރުން ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރައީސް އިބްރާހީމް މުޙައްމަދު...

ޔުމްނާ ޢަލީ
ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން އީސީން […]

ޔުމްނާ ޢަލީ
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

މަދަރުސާތަކުގެ ބޮޑު ބަންދަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއި ގުޅިގެން ތައުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންގެ ތެރެއިން ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 73078 އެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 216 […]

ޔުމްނާ ޢަލީ
ނުކުމެ މިތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން: ނާޒިމް

ނުކުމެ މިތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ނުކުމެ ތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ އޭނާގެ ރަނިން މޭޓު އިއުލާން ކުރުމަށް މާލޭ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައެވެ. ރޭގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްއެންޕީގެ ޕާޓީގެ އަމާޒު ތަފާތު ކަމަށް […]

ޔުމްނާ ޢަލީ
ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސާ، އެކަން އިއުލާން ކޮށްފިއެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރީ މިކަމަށްޓަކައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި އެމްއެންޕީގެ ރަނިންމޭޓު އިއުލާނު ކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރިޠާސީ ކެންޑިޑޭޓް ނާޒިމްއެވެ. މި ޖަލްސާގައި […]

މުޙައްމަދު އަފްރާޙް
ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެއެވެ. އުދަ އަރާފަައިވަނީ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަން ސަރަހައްދަށެވެ. އަދި އެވަގުތު އެ ސަަރަހައްދުން ދަތުރުކުރަމުން ދިޔަ ސައިކަލުތައް އުދައިގެ ސަބަބުން ކަހާލައިގެން ވެއްޓި ވަނީ އެކްސިޑެންޓު ވެފައެވެ. އެހެންނަމަވެސް މި ހާދިސާގައި ލިބުނު އަނިޔާގެ ތަފްސީލު ހާމަވާގޮތް އަދިވަނީ ނުވެފައެވެ. ސޯޝަލް މީޑިއާގައ ދައުރުވަމުންދާ ވީޑިއޯގައި ފެންނަގޮތުގައި އުދަ އެރުމުގެ ސަބަބުން ގިނަ ސައިކަލުތަކެއް ވެއްޓި، ކަހާލައިގެންދާ މަންޒަރު ފެނ...

މުޙައްމަދު އަފްރާޙް
ނާޒިމްގެ ރަންނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަން ނިންމިކަމުގެ އަޑުތަކެއް

ނާޒިމްގެ ރަންނިން މޭޓަކަށް ޑރ. އަދީލް ހަމަޖައްސަން ނިންމިކަމުގެ އަޑުތަކެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަން މަޝްވަރާކުރަމުން އެބަދެއެވެ. ޑރ. އަދީލް އެ މަގާމަށް ހަމަޖެއްސިކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، އެކަމާއިގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޕީގެ އިސް އޮފިޝަލަކު ”ތިލަދުން” އަށް ވިދާޅުވީ، ޑރ. އަދީލްގެ ނަމަކީ ވެސް އެ މަގާމަށް ހަމަޖެއްސުމަށް މަޝްވަރާކުރެވުން އަ...

ޔުމްނާ ޢަލީ
ރައީސްގެ ރަނިން މޭޓަކަށް އަސްލަމް

ރައީސްގެ ރަނިން މޭޓަކަށް އަސްލަމް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓަކަށް، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހަމަޖައްސަައިފިއެވެ. އެކަން ހާމަކުރެއްވީ އެމްޑީޕީގެ ތަރުޖަމާނު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް ވަޒީރު، އަނަސް އަބުދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސްގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިއިރު، އެ މަގާމަށް އަސްލަމް ހަމަޖައްސާނެކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފައެވެ. ނަމަވެސް އެ...

ޔުމްނާ ޢަލީ