ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހުސައިން ހުމާމް އަހުމަދު މަރަންކުރި ހުކުމް ރިވިއު ކުރުމުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު. 2012 ގައި އަފްރާޝީމަށް ތޫނު އެއްޗަކުން އަނިޔާވެރިކަމާ އެކު ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ދެމެހެއްޓި އެވެ. ނަމަވެސް ފަހުން އޭނާގެ ފަރާތުން ވަނީ އެ ހުކުމް ރިވިއުކުރަން މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިދިޔަ ހަފުތާގަ އެވެ.
އަފްރާޝީމް މަރާލި ކަމަށް ކްރިމިނަލް ކޯޓުގައި ހުމާމް ކުރިން އިއުތިރާފްވި އެވެ. ނަމަވެސް އޭނާ ފަހުން ބުނަމުން ގެންދަނީ އޭނާ އެއްބަސްވީ ބިރުދެއްކުމުން ކަމަށާއި އަދި އަފްރާޝީމްގެ މަރާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!