ކުޅުދުއްފުށި ސިޓީގެ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު 17:31 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

‘’އެ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން، ކާރުގެ ބޮނެޓްގައި ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ މިއަދު 17:45 ހާއިރު’’ އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.