ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލްކުރެއްވި އެ ޕާޓީގެ 13 މެންބަރަކު އެމްޑީޕީން ކެނޑި، ވެރިކަންކުރާ ޕާޓީއާއި ގުޅުމުން ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ ފާޑުކިޔުން އެމްޑީޕީއަށާއި ކުރީގެ ރައީސަށް އަމާޒުވެއްޖެއެވެ. އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފައެވެ. މެންބަރުންތަކެއް ޕީއެންސީއަށް ދިޔުމ...
ޔުމްނާ ޢަލީ
ކާލްސްބާގް/މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް މި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މި ހަތަރު ބިން ހެލުމަކީ ރޭ މެންދަމުން ފެށިގެން މިއަދު ހެދުނާއި ދޭތެރޭ ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުންތަކެކެވެ. މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ. ’’މި ބިންހެލުންތައް އައީ 900 އެއްހާ ކިލޯމިޓަދުރުން، […]
ޔުމްނާ ޢަލީ
ފާރެއް ވެއްޓުމުގެ ސަބަބުން ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބަޔަކު ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު 05:19 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެތަނުގެ “ހާބަރކްރާފްޓް 116” ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ދިޔަ […]
ޙުސައިން ޝަހުދީ
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އޭނާ ގުޅިވަޑައިގަތީ ދާއިރާގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ރޭ ވިދާޅުވެއްޖެއެވެ. ޝަރީފް ހިމެނޭހެން އިދިކޮޅު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެންބަރަކު ރޭ ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މިކަމަށް މާލޭ ދަރުބާރުގޭގައި ރޭ ބޭއްވި ޙާއްޞަ ޕީއެންސީ ޖަލްސާގައި ޝަރީފް ވިދާޅުވީ، އޭނާ އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ގަދަކ...
ޔުމްނާ ޢަލީ
ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަކަށްނުޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ. ފަޔާ ވަނީ އެ މެންބަރުން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ‘’މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާ...
ޔުމްނާ ޢަލީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ ޢަދަދު 40000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ. ޕީއެންސީގައި 40 ހާސް މެންބަރުން މިހާރު ތިބިކަން ހާމަކުރީ، އެ ޕާޓީގެ ޗެއާޕާސަން، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރޮގްރޮސިވް އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައި އަދުރޭ ވަނީ، ވެރިކަމަށް އައިއިރު ޕީއެންސީގައި ތިބީ 3،000 މެމްބަރުންކަން ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް މިހާރު އެ ޕާޓީގެ […]
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިއެވެ. ފުލުހުން ބުނިގޮތުގައި މިއީ، ސްކޫލު ބަންދާއި، އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ. މެރިން ޕޮލިހުގެ މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ މި ހަރަކ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައެވެ. މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އ...
ޔުމްނާ ޢަލީ
އިސްލާމީކަންތަތަކާބެހޭ ވުޒާރާއިން، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. އެ ވުޒާރާއިން ބުނީ އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެއް ކަމަށެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައި، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ...
ޔުމްނާ ޢަލީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، އެ ކޮލެޖުގެ ފެކަލްޓީތަކުން ދަސްވެނިމުނު...
ޔުމްނާ ޢަލީ
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ސަލާމަތުން ތިއްބާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ކުޅެލުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކު...
މުޙައްމަދު
މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ކޮމާންޑިން އޮފިސަރުގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އައްޔަން ކުރައްވައިފިއެވެ. ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އެ މަގާމަށް ޢައްޔަނުކުރެއްވިކަން އެމްއެންޑީއެފުން ހާމަކުރެއްވީ މިއަދުއެވެ. އެތަނުގެ ކޮމާންޑިން އޮފިސަރަކަށް ކުރިން ހުންނެވީ މޭޖާ ޖެނެރަލް ރ. ވައިސް ވަހީދެވެ. އެމްއެންސީސީ އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ. މި ތަނުގެ ސްޕްރީމް ކޮމާންޑަރުގެ ގޮތުގައި ހުނ...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްކޮށް ހުންނަވަ...
މުޙައްމަދު
ހަވާ އެރުވުމަށް މިރޭ ފަރިތަކުރުންތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދާނެކަމަށް ސިފައިންް ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މި ފަރިތަކުރުންތަކަކީ އައު އަހަރު ފާހަގަކުރުމަށް ބާއްވާ ހަވާ އެރުވުމުގެ ފަރިތަކުރުން ތަކެއް ކަމަށެވެ. މި ފަރިތަކުރުންތައް ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ 16 ވަނަ ޓަވަރު ކައިރީގައެވެ. މި ފަރިތަކުރުންތައް ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައެވެ.
ޔުމްނާ ޢަލީ
އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ފައިވާން ގުދަނެއްގައި މިއަދު އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ފެބުރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އައިއިރު ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި ގުދަނަށް ލިބުނު ގެއްލުމެއް ވެސް އަދި ސާފެއް...
މުޙައްމަދު