މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ކޮމާންޑިން އޮފިސަރުގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އައްޔަން ކުރައްވައިފިއެވެ.

ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އެ މަގާމަށް ޢައްޔަނުކުރެއްވިކަން އެމްއެންޑީއެފުން ހާމަކުރެއްވީ މިއަދުއެވެ. އެތަނުގެ ކޮމާންޑިން އޮފިސަރަކަށް ކުރިން ހުންނެވީ މޭޖާ ޖެނެރަލް ރ. ވައިސް ވަހީދެވެ.

Ad
rt

އެމްއެންސީސީ އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.

މި ތަނުގެ ސްޕްރީމް ކޮމާންޑަރުގެ ގޮތުގައި ހުންނަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރަކަށް ހުންނަވަނީ ތައުލީމާބެހޭ ވަޒީރެވެ.

އެމްއެންސީސީގައި ސްކޫލްތަކުގެ ކެޑޭޓުންނާއި ބޭންޑްސްމަނުން ހިމެނެއެވެ.

މިތަން އުފެދިފައި ވަނީ 25 ޖުލައި 1995 ގައެވެ.