ފާރެއް ވެއްޓުމުގެ ސަބަބުން ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބަޔަކު ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު 05:19 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެތަނުގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
’’މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާލިބުނު އަންހެންމީހާ (57 އަހަރު) އާއި ފިރިހެން މީހާ (27 އަހަރު) އަވަސް ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައި’’ އެމްއެންޑީއެފުން ބުނެފަވެއެވެ.
އެ ދެ މީހުންނަށް ލިބިފައިވަނީ ކޮން އަނިޔާއެއް ކަމެއް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!