ބޯންމެރޯ ހެދުމަށް އިތުރު ދެ ކުދިން ފުރައިފި، އިތުރު ކުދިން އަންނަ ހަފްތާގައި ފުރާނެ
ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ”ހަފްތާ14” ގެ ސިއްހީ ވަޢުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ ޑިސެންބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި ވަޢުދުގެ ދަށުން އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންކަމަށް ސިއްހަތާބެހޭ […]