ކާލްސްބާގް/މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް މި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
މި ހަތަރު ބިން ހެލުމަކީ ރޭ މެންދަމުން ފެށިގެން މިއަދު ހެދުނާއި ދޭތެރޭ ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުންތަކެކެވެ.
މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ.
’’މި ބިންހެލުންތައް އައީ 900 އެއްހާ ކިލޯމިޓަދުރުން، އައްޑޫ ސީޓީ އަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރޭ’’ މެޓް އޮފީހުން ބުންޏެވެ.
މި ބިންހެލުންތަކާއި ސުނާމީގެ އަސަރު ވެސް ރާއްޖެ އަށް ކޮށްފައި ނުވިޔަސް މި ދުވަސްވަރު ރާއްޖެއަށް ދަނީ ގަދަ ވިއްސާރަ ކުރަމުންނެވެ.
މިގޮތުން މިހާރު ވެސް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދު ބޯކޮށް ވާރޭވެހި، ގުގުރައި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އޮތީ ރީނދޫ ސަމާލު ނެރެފައެވެ.
މީގެ އިތުރުން މެޓުންނާއި ކަމާބެހޭ އެން އިދާރާތަކުން ވަނީ ބްރިޖް/ހައިވޭއިންނާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!