ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، އެ ކޮލެޖުގެ ފެކަލްޓީތަކުން ދަސްވެނިމުނު ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންނަށް ދޭ ޑީންސް އެވޯޑާއި، އެވިޑްކޮލެޖްގެ ޗެއާމަން އެވޯޑާއި އަދި ޗެއާމަންގެ ޑައިމަންޑް އެވޯޑް ދީފަވެއެވެ.

އެވިޑް ކޮލެޖްގެ 2023 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރެއްގެ ގޮތުގައި ޗެއާމަން ޑައިމަންޑް އެވޯޑް 2023 ހާސިލްކޮށްފައި ވަނީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންލޯގެ މާސްޓާ އޮފް ޓީޗިން އިން އިސްލާމް ކޯހުގެ ދަރިވަރު އައިޝަތު ޝާފިރާއެވެ.

މޮޅު ދަރިވަރުގެ އެވޯޑް ހޯދި ސާފިރާ

އެވިޑް ކޮލެޖުގެ 2023 ވަަނަ އަހަރު ޑީންސް އެވޯޑުތައް ހާސިލްކުރި ދަސްވެނިން:

  • ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، - އިބްރާޙީމް ނަދީމް
  • އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، - މޫސާ ނޫމާން އަބުދުއްރަޙްމާން
  • ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، - އައިޝަތު ނުހާ
  • ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޗްމަންޓް، - އަބުދުއްރަޙްމާން ޙަސަން
  • ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ - އިސްމާއީލް ހަފީޒް
  • ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް - އަބުދުއްރަޙްމާން ޔޫސުފް
  • އެސޯސިއޭޓް ޑިގްރީ އިން އޮފީސް މެނޭޖްމަންޓް - އައިޝަތު ރީމާ
  • އެސޯސިއޭޓް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ - މުލާ އަބުދުއްޝުކޫރު
  • ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ - ފާތިމަތު ރިޝްމާ
  • މެނޭޖްމަންޓް - ޔޫސުފް އާދަމް
  • ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ - މުހައްމަދު ފަހުމީ
  • އެސޯސިއޭޓް ޑިގްރީ އިން ޝަރީއާ އެންޑް ލޯ - ފާތިމަތު މުފާޒާ
  • ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ - އައިމިނަތު ރިޝްމާ، ގީލާ އަލީ
  • މާސްޓާ އޮފް ޓީޗިން އިން އިސްލާމް - އައިޝަތު ޝާފިރާ، ފާތިމަތު ރަޝީދާ
  • ސެޓްފިކެޓް 3 އިން އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން - ސިފާނާ މުހައްމަދު
  • ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ - މުހައްމަދު ނިހާލް
  • ސެޓްފިކެޓް 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ - އިސްމާއީލް އަޒްލީން، ހުސައިން ޝިހާމް އަހްމަދު
  • ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް - އައިޝަތު ޒިންތު ޒިޔާދު
  • ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ - އައިޝަތު ލަމްޔާ
  • އެސޯސިއޭޓް ޑިގްރީ އިން ޓީޗިން ޕްރައިމަރީ - ފާތިމަތު ޝައުނާ
  • ބެޗްލާސް އޮފް ޓީޗިން ޕްރައިމަރީ - ފާތިމަތު ނަހްރީނާ
  • ޑިޕްލޮމާ އިން ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް - އާފިޔާ މުހައްމަދު
  • ބެޗްލާސް އޮފް ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް - ރޫޔާ މުސްތަފާ
  • ޑިޕްލޮމާ އިން އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން - ފާތިމަތު ރަނީމް އަނީސް
  • އެސޯސިއޭޓް ޑިގްރީ އިން އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން - ސަނާ އަބުދުއްސައްތާރު
  • ބެޗްލާސް އޮފް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން - އައިޝަތު ނަހްލާ ޝަރީފް
  • މާސްޓާ އޮފް އެޑިޔުކޭޝަން - މަރިޔަމް އަރޫޝާ
  • ޑިޕްލޮމާ އިން ކައުންސިލިން - ޝައިނީ ޝަރީފް
  • އެސޯސިއޭޓް ޑިގްރީ އިން ކައުންސިލިން - މަރިޔަމް ސާޖިދާ

ކޯސްތަކުން މަތީވަނަ ހޯދައި ޗެއާމަން އެވޯޑް ހާސިލްކުރި ދަސްވެނިވިން:

  • ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ - މުހައްމަދު ނިހާލް
  • ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ - މުހައްމަދު ފަހުމީ
  • ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ - އައިމިނަތު ރިޝްމާ، ގީލާ އަލީ
  • މާސްޓާ އޮފް ޓީޗިން އިން އިސްލާމް - އައިޝަތު ޝާފިރާ، ފާތިމަތު ރަޝީދާ

މި ހަފްލާގައި ޝަރަފްވެރި މެހްމާން ވަޒީރު ޝަހީމްގެ އިތުރުން އެވިޑް ކޮލެޖް ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު އާއި އެކޮލެޖްގެ ރެކްޓަރު ޑރ. ސުނީނާ ރަސީދު ވެސް ވާހަކަ ދެއްކެވިއެވެ.

އެވިޑ ްކޮލެޖްގެ ޝަރީއާ ފެކަލްޓީގައި ޝަރީޢާގެ ރޮނގުން މާސްޓާ ޕްރޮގްރާމް މިއަހަރު ފައްޓަވާނެކަން މި ހަފްލާގައި އެ ކޮލެޖް ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވަނީ ޢިއުލާން ކުރައްވާފައެވެ.

މި ހަފްލާ ލައިވްކޮށްފައި ވަނީ އެސްއެސްޓީވީންނާއި އެ ޓީވީގެ ފޭސްބުކް ޕޭޖުންނެވެ.