އެމްއެންޑީއެފް ކޯސްޓުގާޑުގެ ކޮމާންޑަންޓް ނުވަތަ އެންމެ އިސްވެރިއެއްގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ. ކާނަލް މުހައްމަދު ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރެއްގެ މަގާމެވެ. މުހައްމަދު ސަލީމް އެ މަގާމަށް އައްޔަން ކުރެއްވި ކަން ހާމަކުރީ އެމްއެންޑީއެފުން “އެކްސް” ގައި ކުރި ޕޯސްޓެއްގައެވެ. އޭނާއާ މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ. ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަ...
މުޙައްމަދު
ކުރިއަށް އޮތް ތިން ދުވަސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ 24 ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިރުވައި މޫސުމުގެ ދުވަސްތައް ވަނީ ލައިގެންފައެވެ. އެއާއިއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބުނެފަވެއެވެ. އަދި ޚާއްޞަގޮތެއްގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. […]
ޔުމްނާ ޢަލީ
ކުރީގެ ސަރުކާރުގައި ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން މި ސަރުކާރުން ނިންމި ނިންމުން ކުށްވެރި ކުރައްވައި އެ ނިންމުން ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ. ވިސާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ނިމިފައި އޮއްވައި އެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމި [...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މާޒީން ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސްތައްކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ވެރިރަށް މާލޭގެ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެކެވެ. އަދި އެއީ، ތަ...
ޔުމްނާ ޢަލީ
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފައި، އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ފިލާވަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފ...
ޔުމްނާ ޢަލީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދިއްޖެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި ޝަރުތުތަކާ އެކު ޔުނާން ދޫކުރީ މިމަހު […]
ހުސައިން ހަބީބް
ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ބުދަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބ...
ޔުމްނާ ޢަލީ
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަޙައްދު...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފިއެވެ. ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޒުލްފާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ 15 މެއިގައި އިސްތިއުފާ ދެއްވުމުންނެވެ. […]
މުޙައްމަދު
މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް ރޭ 12:25 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދިންކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.
ޔުމްނާ ޢަލީ
ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދިވެހި ނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ. އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ. ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގ...
ޔުމްނާ ޢަލީ
އިމާރާތް ކުރުމުގެ އެކި މަރުހަލާތަކުގައި ސްކޫލްތަކުގެ ގިނަ އިމާރާތްތަކެއް ކުރިއަށް ނުގޮސް އެބަހުރި ކަމަށާއި، އެފަދަ ގިނަ ތަންތަނުގެ މަސައްކަތް އަންނަ އަހަރު ފެށި ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާ...
ޔުމްނާ ޢަލީ
ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުން ފަށަން ސަރުކާރުން ނިންމައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލަރެއް މެދުވެރިކޮށް މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ސާކިއުލަރުގައި އެދިފައިވާއިރު، މާލޭގައި ބޮޑު ޖަ...
ޔުމްނާ ޢަލީ