"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި ނިންމާލައިފި
2022–2023 ވަނަ އަހަރުގެ “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި […]