ސަމާޙް ނިޔާވި ހާދިސާއާއި ގުޅުވައި ކަށަވަރުނޫން މައުލޫމާތު ނުފަތުރަން އެދިއްޖެ
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރޭސް ކާރެއް، ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅުވައި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ޙަސަން ސަމާޙް، ބީޗްހައުސް/ލ. އިސްދޫ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސެޕްޓެންބަރު 5 […]