2022–2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ވަނީ، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ރައީސް މުޢިއްޒު އަށް ހަނދާނީ ހަދިޔާއެއް ވެސް ވަނީ އަރުވާފައެވެ.

މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނިފައިވެއެވެ.

ޘާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް މި ރަސްމިއްޔާތުގެ އެކި ދަންފަޅިތަކުގައި އިނާމު ލިބިގެންދާނެއެވެ.

2022–2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ދަންފަޅިއަކަށެވެ.