މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 343 ވަނަ ޞަފްޙާ

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޖަހަންގިރް އާލަމް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެ މީހާ ސައިކަލުގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ އެ ވައްކަން ކުރިކަމަށް ބެލެވޭ ހެކި […]

އިބްރާހިމް ޚަލީލް
ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ. އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ. ”އަނެއްކާވެސް އަންހެން...

ޔުމްނާ ޢަލީ
ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ

ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން...

ޔުމްނާ ޢަލީ
ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް

ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް

ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ. ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް...

އަލީ އާދިލް
ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ޑޮކްޓަރަށް ދައްކައިގެން ނަގައިފި، 70ގ ހުރި

ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ޑޮކްޓަރަށް ދައްކައިގެން ނަގައިފި، 70ގ ހުރި

ހަށިގަނޑު އެތެރޭގައި ފޮރުވައިގެން އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައް...

އަލީ އާދިލް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ތަޢުލީމީ ދާއިރާގައި މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފެށޭނެކަމަށް އުންމީދުކުރަށްވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވީ، އިއްޔެ ބޭއްވުނު މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާ...

ޔުމްނާ ޢަލީ
ރާއްޖެ-ޗައިނާ، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އެއްބަސްވުމެއް

ރާއްޖެ-ޗައިނާ، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އެއްބަސްވުމެއް

ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އާއި ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އިން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވިޝަނަރީ ލީޑަރޝިޕް ގެ ދަށުން ޤާއިމުކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށާއި، އަދި މި ފްރޭމްވޯކް ޤާއިމ...

ޔުމްނާ ޢަލީ
މާލޭގެ ގެއަކުން ވަގަށްނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން ވަގަށްނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ގެއަކުން ވަގަށްނެގި ތަކެތި ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިދިޔަ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ. މީގެ […]

ޔުމްނާ ޢަލީ
އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ...

ޔުމްނާ ޢަލީ
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައިފި

ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައިފި

ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ. މޯލްޑިވްސް އެންސީޑީ އެލަޔަންސް އުފައްދާފައި ވަނީ ރާއްޖޭގެ ހަތް ޖަމިއްޔާއެއް ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ކެންސަ ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމްއޭޕީޑީ އަދި ޓައިނީ ހާޓްސް އެވެ. ވޭޕާއ-އީ ސިނގިރޭޓް ރާއްޖޭގައި މަނާކޮށްދެއްވުމަށް އެދި ރައީސްއަށް ސިޓީ...

އިބްރާހިމް ޚަލީލް
އާސަންދައިން އެހީ ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށްދީފި

އާސަންދައިން އެހީ ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށްދީފި

އާސަންދައިން އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެސްޓަރ ސީއެމްއައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އެހީ ހުއްޓާލި ކަމަށް ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދު ދީފިއެވެ. އާސަންދައިން ވަނީ ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދުދީ ބަޔާނެއް ނެރެ މި މައްސަލައާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހާމަކޮށްފަ އެވެ. އާސަންދައިން ނެރުނު ބަޔާނުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނެނީ 65 އަހަރުގެ ބަލިމީހެކެވެ. މި ބަލިމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފ...

އަލީ އާދިލް
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓައިފިއެވެ. ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންގެ ނަމުގައި މީސްމީޑއާގައި ދައުރުކުރަމުންދާ ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ޝަހީމްގެ ފޯނާއި އ...

ޔުމްނާ ޢަލީ
ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި ފެނުނު މައްސަލާގައި، އެ މީހާއަށް އަނިޔާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 9 ސެޕްޓެމްބަރު 2024 ގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ޒަހަމްވެފައި އޮއްވައި ވަނީ ފެނިފައެވެ. ފުލުހުން މިއަދު ބުނީ 9 ސެޕްޓެމްބަރުގައި މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮވެ ފެނުނު މީހަކާ މެދު މާރާމާރީ ހިންގިކަމަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކ...

ޔުމްނާ ޢަލީ
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކުރިން ހިންގަމުން އައީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބަދަލުގެންނެވިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ސިއްހީ ވުޒާރާގެ ދަށަށ...

ޔުމްނާ ޢަލީ
ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި

ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުވައިލައްވައިފިއެވެ. މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި ތަނެކެވެ. އެ އޮތޯރިޓީ އުވާލައްވައި ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މި އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ ސީދާ ނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. ”މިގޮތަށް ހަމަޖެއްސެވީ، މޯލްޑި...

ޔުމްނާ ޢަލީ