ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ރޭ ވަނީ މި އޮޕަރޭޝަންފެށިކަން ހާމަކޮށްފެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި އިއްޔެ ފެށި މި އޮޕަރޭޝަންގައި.، މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންން ފެށި އޮޕަރޭޝަނެއް ކަމަށް އެ އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!