ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލްގައި ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ.

މި ދެ ސްކޫލްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ތައުލީމާބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި މަސައްކަތްތަކުހެ އެއްބަސްވުމުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތާއިފް ރުޝްދީއެވެ.

މި މަސައްކަތަކީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ވޯލްޑް ބެންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކުރެވިފައިވާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް، 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމްކުރާނެއެވެ.

އޭގެ ތެރެއިން މިހާތަނަށް ވަނީ 6 ލެބް ގާއިމުކޮށްފައި ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.