މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,833 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 31 ވަނަ ޞަފްޙާ

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ ހަ އަހަރުފަހުން އުމުރަށް ޖަލަށް

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ. އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން […]

ހުސައިން ހަބީބް
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް...

ޔުމްނާ ޢަލީ
ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ލ. ކައްދޫ އެއާޕޯޓު ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު 31 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށު، ހަޒާރުމާގެ، ޢަބްދުﷲ ޤާސިމް (31އ) އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރުއެވެ. އެގޮތުން ކައްދޫ އެއާޕޯޓު ތެރެއިން އޭނާ […]

އަލީ އާދިލް
1،119 މެންބަރުންގެ އިއްތިފާގުން 2028 ގެ ޕީއެންސީ ޓިކެޓް ރައީސް މުޢިއްޒަށް!

1،119 މެންބަރުންގެ އިއްތިފާގުން 2028 ގެ ޕީއެންސީ ޓިކެޓް ރައީސް މުޢިއްޒަށް!

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައިވަނީ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވު...

އަޙްމަދު ވަހީދު
150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި

150 މިލިއަން ޑޮލަރުގެ އެސްބީއައި ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ހަމަޖެއްސުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ތިން ފަހަރު މަތިން ނަގާފައިވާ ލޯނެކެވެ. ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު […]

ޔުމްނާ ޢަލީ
ގާރލްގައިޑް ހަރަކާތަކީ ފަރުދީ އަދި އިޖުތިމާއީ ޝަޚްޞިއްޔަތު ގުޅުވައިދޭ ކަމެއް: މެޑަމް ސާޖިދާ

ގާރލްގައިޑް ހަރަކާތަކީ ފަރުދީ އަދި އިޖުތިމާއީ ޝަޚްޞިއްޔަތު ގުޅުވައިދޭ ކަމެއް: މެޑަމް ސާޖިދާ

25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވުމުގެ ގޮތުން އެކި ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން ވަނީ އެކަމަނާއަށް ގާރޑް އޮފް އޮނަރ އެއް އަރުވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ގާރލްގައިޑް ޙަރަކާ...

އަލީ އާދިލް
ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން ވަރލްޑް ބޭންކު އޮތީ ތައްޔާރަށް: ނައިބު ރައީސް ޒުޓް

ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން ވަރލްޑް ބޭންކު އޮތީ ތައްޔާރަށް: ނައިބު ރައީސް ޒުޓް

ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވ...

އަލީ އާދިލް
ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފި

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ތަމްރީނު ކޯހަކީ ހަތަރު ހަފުތާގެ މުއްދަތަށް ރޭވިގެން ކުރިއަށްދާ ކޯހެކެވެ. މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަފާތު މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ފަހަރުގެ ބުރުގައި...

އަލީ އާދިލް
"މައްކާއަށް ދޭން އުޅުނު ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރި ފުރައްސާރައެއް": ރައީސް

"މައްކާއަށް ދޭން އުޅުނު ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރި ފުރައްސާރައެއް": ރައީސް

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައެވެ. މ...

އަލީ އާދިލް
ރާއްޖޭގެ އީއީޒެޑްގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ އީއީޒެޑްގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 ސެޕްޓެމްބަރު 2026 ގައި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން ބުނި ގޮތުގައި، މި ބޯޓު ހަރަކާތްތެރިވަމުން ދިޔައީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައެވެ. ޖުމްލަ 6 މީހުންނާ...

އަލީ އާދިލް
އޭދަފުށި ކައިރިން ދޯންޏެއް އަރިއަޅާލައި، ކަނޑަށް އެޅުނު ލަކުޑިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އޭދަފުށި ކައިރިން ދޯންޏެއް އަރިއަޅާލައި، ކަނޑަށް އެޅުނު ލަކުޑިތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ބ. އޭދަފުށީގެ އިރުދެކުނުން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މިއީ އޭދަފުށީގެ އިރުދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލުމުގެ ސަބަބުން ކަނޑަށް އެޅިގެން އޮޔާދާ ތަކެއްޗެވެ. މި ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އިރުމައްޗަށެވެ. އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް، ރޭގ...

އަލީ އާދިލް
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ އެންމެ ފަހުގެ ވަރޝަންގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ. މި އަހަރުގެ ސެޕްޓެންބަރު 16 ގައި ނެރެފައިވާ “UNICODE 18.0” ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނިޝާނަށް ހާއްސަކޮށްގެން ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. ދިވެހި ރުފިޔާގެ ނިޝާނަކީ 2022 ވަނަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައިވާ ނިޝާނެކެވެ. މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް...

އިބްރާހިމް އަސްވާޤް
ޕީއެންސީގެ ނައިބު ރައީސުން ހޮވައިފި

ޕީއެންސީގެ ނައިބު ރައީސުން ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މިހާރު ކުރިއަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން ބޭއްވި މިއިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި ވަޒީރު ޢަބްދުﷲ ރާފިއުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމ...

އަލީ އާދިލް
ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ސީލައިން 3” ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅާލައި ދިޔަވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ. މި ހާދިސާގ...

ޔުމްނާ ޢަލީ
ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ގައުމީ މަސްލަހަތު އިސްކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެތެރޭގެ އިންތިޚާބަކަށް ވިޔަސް، ގައުމީ ފެންވަރުގެ...

އަލީ އާދިލް