މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,833 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 30 ވަނަ ޞަފްޙާ

ޕީއެންސީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން: ރައީސް މުއިއްޒު

ޕީއެންސީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން: ރައީސް މުއިއްޒު

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، އެ ޕާޓީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ދެ އަހަރު ކުރިން އެ ޕާޓީގައި ތިބީ އެންމެ 2،000 މެމްބަރުންނެވެ. ޕާޓީއަށް މެމްބަރުން […]

އަލީ އާދިލް
ވަޒީރުންނާއި އެމްޑީން ހިމެނޭހެން ޕީއެންސީގެ ލީޑާޝިޕަށް ރައީސް 10 ބޭފުޅަކު ހަމަޖައްސަވައިފި

ވަޒީރުންނާއި އެމްޑީން ހިމެނޭހެން ޕީއެންސީގެ ލީޑާޝިޕަށް ރައީސް 10 ބޭފުޅަކު ހަމަޖައްސަވައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޕާޓީގެ ލީޑަރޝިޕަށް 10 ބޭފުޅަކު، އައްޔަނުކުރައްވައިފިއެވެ. މި ބޭފުޅުން ކޮންގްރެސް ޕާޓީގެ ލީޑަރޝިޕަށް އައްޔަނުކުރެއްވިކަން އިޢުލާނު ކުރެއްވީ، އެ ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހުވާ ކުރެއްވުމަށް ބޭއްވި ޚާއްޞަ ދަރުބާރުގައި، ޕާޓީގެ ރައީސް ޑރ. މުޢިއްޒެވެ. ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އައްޔަނު ކުރެއްވި ބޭފުޅުންގެ ތެރޭގ...

ޔުމްނާ ޢަލީ
ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިރޭ އަރުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ޕާޓީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް […]

ޔުމްނާ ޢަލީ
ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް […...

ޔުމްނާ ޢަލީ
މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް

މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ވޭޕް ކާޓްރިޖުތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ/ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި/ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ/ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ. މި ތިން މީހުންނަކީވެސް މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކުރި މީހުންނެވެ. ކްރިމިނަލް ކޯޓުން މިއަދު […]

އަލީ އާދިލް
5 މިލިއަން ގަސް މަޝްރޫއުގެ 2 މިލިއަން ގަސް އިންދައިފި، ކޮންމެ ރަށެއްގައި ހައިވަކަރު ގަސް

5 މިލިއަން ގަސް މަޝްރޫއުގެ 2 މިލިއަން ގަސް އިންދައިފި، ކޮންމެ ރަށެއްގައި ހައިވަކަރު ގަސް

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސްވެސް މިހާރު ވަނީ އިންދާފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް އިންދާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން 1 […]

އަލީ އާދިލް
އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން...

އަލީ އާދިލް
މާލޭ ތޮށިގަނޑު ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފި

މާލޭ ތޮށިގަނޑު ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފި

މާލޭ ސްކޭޓް ޕާކާ ދިމާ ބޭރުތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށް، ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހަވީރު 17:16 ހާއިރުގައެވެ. މި ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް

އަންވަރުގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ވަނީ ފެށިފައި: ރައީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއް ރީޕޯސްޓް ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގ...

ޔުމްނާ ޢަލީ
''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''

''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''

މާލީ މުޢާމަލާތްތައް ކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށާއި، ގަނެވިއްކުމުގައި ތެދުވެރިވެ، މުޢާމަލާތްތަކުގައި އަމާނާތްތެރިވެ، އަދި ދަރަނި އަދާކުރުމުގައި ފަރުވާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. “މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން” މި މައުޟޫޢަށް ޚާއްޞަކޮށްގެން  ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މުދަލުން ހޭދަކުރުމުގައި އިޤްތިޞާދު ކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ މަގު ކަމަށެވެ. އެގޮތުން މުދަލުނ...

ޔުމްނާ ޢަލީ
ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ސަރުކާރުން އަލަށް އަޅާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކުރަނީ

ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ނިޒާމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބައިވެރިވި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސްއަށް ހިއްސާކޮށްފައެވެ. އެގޮތުން އެމީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއ...

ޝިއުނާ އާދަމް
އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުވާނެ، ބޭނުންވަނީ ލިބޭ އެއްޗެއް ބޮޑުކުރަން: ރައީސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް އަންގަވާފައިވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގެ ހަވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރ...

ޔުމްނާ ޢަލީ
ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި [...

އަލީ އާދިލް
ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް ގެންނަ ބަދަލުތަކުގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހޭނެ: ޝާހިދު

ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާނުކޮށް ގެންނަ ބަދަލުތަކުގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހޭނެ: ޝާހިދު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި ގެންނަ ކޮންމެ ބަދަލަކީ، އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.   އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ފައްޓަވާފައިވާ ޝާހިދު މިހެން ވިދާޅުވީ، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަ...

އަލީ އާދިލް
އުނގޫފާރުގައި ކުރިއަށްދާ ސާޖިކަލް ކޭމްޕުގައި ކާމިޔާބުކަމާއެކު ގިނަ އޮޕަރޭޝަންތަކެއް

އުނގޫފާރުގައި ކުރިއަށްދާ ސާޖިކަލް ކޭމްޕުގައި ކާމިޔާބުކަމާއެކު ގިނަ އޮޕަރޭޝަންތަކެއް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހާއްސަ ސާޖިކަލް ކޭމްޕުގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. މި ކޭމްޕުގައި ހަރަކާތްތެރިވާ ސާޖަރީ ޓީމުން ދަނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ މި ޓީމުގެ ކޮމިޓްމަންޓާއި ހުނަރުވެރިކަމުގެ އިތުރުން، އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސާޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުވެ، އެ ސަރަހައްދުގެ ބަލިމީހުން...

ޔުމްނާ ޢަލީ