މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 266 ވަނަ ޞަފްޙާ

ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ، ޓޫރިސްޓު ވިސާގައި ރާއްޖެ އައުމަށްފަހު ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮށ...

އަލީ އާދިލް
މިނިވަންކަމާގުޅޭ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް

މިނިވަންކަމާގުޅޭ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ. މިއީ ކުރިން މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 15 މިލިއަން ޑޮލަރުގެ ބަދަލުގައި ގެންނަވާފައިވާ ބޮޑު ބަދަލެކެވެ. މި ނިންމުން ނިންމަވާފައިވަނީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު އަލުން އެކަށައެޅުއްވުމާ ގުޅިގެންނެވެ. މިގޮތުން ރައީސް ވަނީ، މި ޤަރާރުގެ ޖަދުވަލުގަ...

ޔުމްނާ ޢަލީ
މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ރޭ 11:28 ހާއިރު ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފު...

ޔުމްނާ ޢަލީ
ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ދަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން އެންމެހާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ޝުކުރު އަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް، ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގު ވަޒަ...

ޔުމްނާ ޢަލީ
ދެމަފިރިން ފިހުނު ހާދިސާ: އަންހެން މީހާ ނިޔާވެއްޖެ

ދެމަފިރިން ފިހުނު ހާދިސާ: އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާދެމުންދަނިކޮށެވެ. މި ހާދިސާގައި ފިހުނު ދެމަފިރިންނަކީ އައިޝަތު ރިފްގާަތު ރިފްގާ އާއި އަލީ ސާމިން (31 އަހަރު) އެވެ. އަލިފާނުގެ ހާދިސާގައި ދެމަފިރިންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. ނަމަވެސް، ބޮޑަށް ފިހިފައިވަނީ ރިފްގާ ކަމަށް ވެއެވެ. […]

ޔުމްނާ ޢަލީ
"ހޯޕް އައިލެންޑް" ތަރައްގީ ކުރާނީ ކ.ގިރާވަރު އުތުރު ފަޅުގައި

"ހޯޕް އައިލެންޑް" ތަރައްގީ ކުރާނީ ކ.ގިރާވަރު އުތުރު ފަޅުގައި

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ “ހޯޕް އައިލެންޑް” ތަރައްގީކުރަން ނިންމާފައި ވަނީ ކ.ގިރާވަރު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ. ސިއްދީގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅޫވީ، ހޯޕް އައިލެންޑް އާ ބެހޭގޮތުން، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި މިމަހުގެ 23 ވަނަ ދުވަހު އޭނާ ދެއްކެވި ވާހަކާގައި ހޯޕް އައިލެންޑް ތަރައްޤީ ކުރަނީ “ގިރާވަރު” ފަޅުގައި ކަމަށް ބުނެވި ފައިވަނީ އޮޅުމަކުން ކަމަށެވެ. […]

ޔުމްނާ ޢަލީ
ރައީސް "ޢީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގެންފި

ރައީސް "ޢީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގެންފި

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި “ޢީދު ހަވީރު 1446” ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ޢާއިލާ މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހަވީރު ސަލްޓަންޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ބޭއްވުނު މި ހަރަކާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނުގެ އިސްތިޤުބާލުގައި ސަންގު ފުމުމެއް އޮތެވެ. އޭގެފަހުން، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން އެކި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފި

މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފި

‏1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހާއި ގުޅުވައިގެން މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފިއެވެ. ޓްރާންސް ޕޯޓް މިނިސްޓްރީން ބުނީ، އީދު ދުވަހު ގްރޭޓރ މާލޭ ސަރަޙައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާއި ގުޅޭ ގޮތުން އެ މިނިސްޓްރީ އިން 2025 މާރިޗު 29 ވަނަ ދުވަހު ކުރި އިޢުލާނު ބާޠިލްކޮށްފައިވާ ކަމަށެވެ. މި ޢިއުލާނުން ކުރިން އޮތީ ހަވީރު 16:00 އިން 18:00 އަށް […]

ޔުމްނާ ޢަލީ
ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ...

ޔުމްނާ ޢަލީ
މިސްކިތަށް ނައުމުން އިމާމާއި ބަދަލު އިމާމު ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި

މިސްކިތަށް ނައުމުން އިމާމާއި ބަދަލު އިމާމު ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އިމާމުވެ ޢީދު ނަމާދުކުރަން ހަވާލުކުރި މީހާއާއި އޭނާގެ ބަދަލުގައި ހަވާލުކުރި މީހާ ވެސް ނަމާދަށް މިސްކިތަށް ނުދިއުމުން އެ މިސްކިތުގައި ބިދޭސީއަކު މިއަދު އިމާމުވެ ޢީދު ނަމާދުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މ...

ޔުމްނާ ޢަލީ
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ރައީސްގެ އިލްތިމާސް

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ރައީސްގެ އިލްތިމާސް

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މުޢިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ޢިލްމުވެރީން ވިދާޅުވާ ގޮތުން ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުމެވެ. މީގެ އިތުރުން، މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް، އިސްލ...

ޔުމްނާ ޢަލީ
ރާއްޖެ އަށް ވެސް މާދަމާ ޢީދު

ރާއްޖެ އަށް ވެސް މާދަމާ ޢީދު

ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. މިރޭ 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ ވަނީ ބާއްވާފައެވެ. އިސްލާމީ މަރުކަޒުގައި އޮތް މި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ރަށަކަށް ހަނދު ނުފެނުނު ނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވި ކަމުގެ ޚަބަރު ރަސްމީ ގޮތުން ލިބިފައިވާ ކަމަށެވެ. އެހެންވެ، ރޯދަމަހާއި ޝައްވާލް މަހުގެ ހަނދު […]

ޔުމްނާ ޢަލީ
ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި...

އައިޝަތު އައިނީ އާމިރު
ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުގެންނަވައިފިއެވެ. ރައީސް ގެންނެވި މި ބަދަލުގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާޢިއުކޮށްފައެވެ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޤަރާރުގައި ވަނީ މި ވަޢުދުފުޅާ އެއްގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި […]

ޔުމްނާ ޢަލީ
ކެފޭ އުސޫ އުސޫލުން ޑްރަގްގެ ވިޔަފާރިކުރާ 60 ތަނެއް، 14 ތަނެއް މިއަހަރު ބަންދުކޮށްފި

ކެފޭ އުސޫ އުސޫލުން ޑްރަގްގެ ވިޔަފާރިކުރާ 60 ތަނެއް، 14 ތަނެއް މިއަހަރު ބަންދުކޮށްފި

މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމަށް 60 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، މިއަހަރުގެ މިހާތަނަށް 14 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވެފައި ވަނީ މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވ...

ޔުމްނާ ޢަލީ