ދުންފަތާ އަދުގެ ޒުވާން ޖީލު ދުރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އާންމުންގެ ހިޔާލު ހޯދުމަށް ރައީސް މީސް މީޑިއާގައި ނެންގެވި ޕޯލުން ދައްކާގޮތުގައި، ގިނަ ރައްޔިތުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުމުން މަނާކުރުމަށެވެ. ރައީސް މި ޕޯލް ހުޅުވާލީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައަައާއި “އެކްސް”ގެ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. 3 ގޮތަކަށް ދުންފަތް ހުއްޓުވުމަށް އެ މަނިކުފާނު...
އައިޝަތު އައިނީ އާމިރު
މި ދައުރުގައި ސައޫދީ-ރާއްޖެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައި ކަމަށާއި، ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒ...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގައި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދ،ި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. މި ކަމާއި ގުޅިގެން އ...
ޔުމްނާ ޢަލީ
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަސައްކަތުގެ އަދާހަމަ އެމްޓީސީސީން ވެސް ކުރިން ދެމުން އައިސްފައިވާއިރު، މި މަޝްރޫޢުގެ އަދާހަމަ ދެމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މި މަޝްރޫ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން “ކްލައިމެޓް ޗެމްޕިއަންސް” ގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި، ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައާއި ސިޓީ ކައުންސިލުން ކުރިއަށ...
އައިޝަތު އައިނީ އާމިރު
މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި އަކީ މިއަދު (8 އޭޕްރީލް 2025) އިން ފެށިގެން ހެނދުނު 8 ކުން މެންދުރުފަހު 2 އަކަށް ހަމަޖައްސައިފިއެވެ. މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑިއެއްގެ ގޮތުގައި ޚިދުމަތް ދެމުންދަނީ ހެނދުނު 8 ކުން ހަވީރު 4 ކަށެވެ. ނަމަވެސް އިއްޔެ އިމިގްރޭޝަނުން ގަޑިތަކަށް ބަދަލުގެނެސް ނެރުނު އިއުލާނުގައި ވާގޮތުން އިމިގްރޭޝަންގެ ޚިދުމަތް ދޭ ގަޑި އެހެން ސިވިލް ސާވިސްތަކުގެ މަސައްކަތު ގަޑިއެކޭ އެއްގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެ އިދާރާއިން ބުނެފައިވަނީ […]
އައިޝަތު އައިނީ އާމިރު
ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކ...
ޔުމްނާ ޢަލީ
ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރަށްވައި، އެ ދާއިރާއިން ގިނަ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައިި މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޙުސައިން ޝަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ހުވާކުރެއްވުމަށްފަހު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދަށް ޢައްޔަނުކުރެއްވި...
ޔުމްނާ ޢަލީ
ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފެށުނު ދިރާސީ އަހަރު 2025 ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއްކަން ފާހަގަކުރަށްވާފައެވެ. ރައީސ...
ޔުމްނާ ޢަލީ
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 90،000 ހާހެއްހާ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައި ކަމަށެވެ. ދިރާސީ އައު އަހަރެއް މިއަދު ފެށިއިރު ސަރުކާރުން ހިންގާ 216 ގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެއެވެ. ތައުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 11،000 މުދައްރިސުންނާއެކުގައެވެ. އޭގެތެރެއިން 10،000 މުދައްރިސުންނަކީ ސަރުކާރު ސްކޫލުތަކުގައި […]
ޔުމްނާ ޢަލީ
ހައްޔަރު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކުރީ އޭނާގެ ބަންދަށް ކުރިން ދިން 15 […]
ހުސައިން ހަބީބް
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ރ. މީދޫއަށް ނިސްބަތްވާ އަނަސްއަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ހަމަލާދީ މަރާލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. މީގެ […]
ހުސައިން ހަބީބް
އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް...
އަލީ އާދިލް
އެންމެ ރަނގަޅު ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގަައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ޕޯސްޓެއް މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ […]
އަލީ އާދިލް