މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 264 ވަނަ ޞަފްޙާ

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އެދެފި

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އެދެފި

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަ ކުރެވިފައިވާތީ އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ. މީގެ ތެރޭގައި ފިޝިންގ މެސެޖްތަކާއި އީމެއިލްތައް، ކްރެޑިޓް ކާޑު ސްކޭމްތައް، އަދި 2-ޑީ ކާޑު...

އިބްރާހިމް އަސްވާޤް
މުޝްފިޤުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަނީ

މުޝްފިޤުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަނީ

މާލެއަށް ދަތުރުކުރަނިކޮށް ރޯވި “ހޮޅުދޫ ބޯޓު” އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މުޝްފިގުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދުކުރަން ކުރިން ނިންމިނަމަވެސް އޭނާގެ މައްޗަށް މިއަދު ކަށުނަމާދު ނުކުރާކަމަށް ވަޒީރު ވިދާޅު...

ޔުމްނާ ޢަލީ
ޤާސިމްގެ އެހީގައި މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ޤާސިމްގެ އެހީގައި މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އެހީގައި އދ.މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މިކަމަށް މާމިގިލީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމު...

ޔުމްނާ ޢަލީ
ބޭރުގައި ކިޔަވާ ކުދިންނަށް ފަސޭހަކޮށް ދިނުމަށް ޚާއްސަ ވަޓްސްއަޕް ނަންބަރުތަކެއް

ބޭރުގައި ކިޔަވާ ކުދިންނަށް ފަސޭހަކޮށް ދިނުމަށް ޚާއްސަ ވަޓްސްއަޕް ނަންބަރުތަކެއް

ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފަސޭހަކޮށްދިނުމަށް އެ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރުތަކެއް ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށ...

ޔުމްނާ ޢަލީ
މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރެވޭނެ: ރައީސް

މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރެވޭނެ: ރައީސް

މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް، އްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިޢާދަކުރަނިވި ހަކަތައިން ޕަވަރކުރެވޭގޮތަށް ރާއްޖޭގެ ހުރިހާ ސަރުކާރުގެ ހުރިހާ ކްލާސ...

ޔުމްނާ ޢަލީ
ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑް މިއަދު ވަނީ ކުރިއަށް ގެންދަވާފައެވެ...

ޔުމްނާ ޢަލީ
ފިތުރު ޒަކާތުން ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

ފިތުރު ޒަކާތުން ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

މި އަހަރުގެ ފިތުރު ޒަކާތައް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ފޯރުކޮށްދީފިއެވެ. މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިޔަން ރުފިޔާލިބިފައިވާ އިރު އޭގެ ތެރެއިން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ ތެރެއިން 500،000.00 ރުފިޔާގެ ކާބޯތަކެތި އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށް، މި އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިހާރު ވަނީ އެ ތަކެތި ފޯރުކޮށްދީފައެވެ...

އައިޝަތު އައިނީ އާމިރު
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކުރި މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު […]

ހުސައިން ހަބީބް
ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި އޮންލައިން ފޯމް ފުރުމަށް ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހ...

ޙުސައިން ޝަހުދީ
5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ

5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ

އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ. އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަމަލް ކޮންގްރެސް (ޕީއެންސީ) އެވެ. އީސީން މިއަދު ބުނި […]

ޔުމްނާ ޢަލީ
''ގޮންޖެހުންތަކުން އަރައިގަތުމަށް ދަރަނީގެ މައްސަލަތައް ޙައްލުކުރުން މުހިންމު''

''ގޮންޖެހުންތަކުން އަރައިގަތުމަށް ދަރަނީގެ މައްސަލަތައް ޙައްލުކުރުން މުހިންމު''

ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)...

ޔުމްނާ ޢަލީ
ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލަ ސަމާލުކަމަށް އައީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ...

ޔުމްނާ ޢަލީ
ބޮޑުތަކުރުފާނުމަގު އުތުރު ބައި ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއަށް

ބޮޑުތަކުރުފާނުމަގު އުތުރު ބައި ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއަށް

މާލެ ބޮޑުތަކުރުފާނު ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރ...

ޔުމްނާ ޢަލީ
"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި

"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު” ގެ ނަމުގައި އިދާރާއެއް އުފައްދަވައިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދައިގެ ދަށުން ރައީސުލްޖުމަހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އުފެއްދެވި މިއިދާރާ، “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު” އުފައްދަވައި، 8 އޭޕްރީލް 2025 ގައި ރައީސް އޮފީހުގެ ދެންނެވުން މެދުވެރިކުރަށްވައި އެކަން ވަނީ ޢިއުލާންކުރަށްވާފައެވެ. ރައީސް ކަނޑައަޅުއްވާފައިވާ ގޮތުގައި މި އިދާރާ ހިނގަމުން ދާނީ މިނިސްޓް...

އައިޝަތު އައިނީ އާމިރު
ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް މީހަކު ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. 24 މާރިޗް 2025 ގައި ހެލްތް މިނިސްޓްރީން ވަނީ އެ މަގާމަށް ވަގުތީގޮތުން އަހްމަދު މައުސޫމް ހަމަޖައްސާފައެވެ. މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. މައުސޫމްގެ ބެލުމުގެ ދަށުން އެތަން ހިންގަމުން އަންނައިރު، ތެލެސީމިއާ ޤާނޫނުގައި ބުނާ...

ޔުމްނާ ޢަލީ