އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާދެމުންދަނިކޮށެވެ.

Ad
rt

މި ހާދިސާގައި ފިހުނު ދެމަފިރިންނަކީ އައިޝަތު ރިފްގާަތު ރިފްގާ އާއި އަލީ ސާމިން (31 އަހަރު) އެވެ. އަލިފާނުގެ ހާދިސާގައި ދެމަފިރިންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. ނަމަވެސް، ބޮޑަށް ފިހިފައިވަނީ ރިފްގާ ކަމަށް ވެއެވެ.

ފިހުނު ދެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ރާއްޖެ ވަޑައިގެން ދެމަފިރިންގެ ހާލަތު ބައްލަވާފައިވެއެވެ. އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވި ގޮތުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އައީ ޑރ. ރަނާދުގެ ލަފާ އާއި މަޝްވަރާއާ އެކުގައެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ މަފިރިންގެ ވެސް ފަސް އަހަރުގެ ކުއްޖަކު ހުރެއެވެ.

މި މައްސަލަ ތަހްގީގް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.