ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ.
މިއީ ކުރިން މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 15 މިލިއަން ޑޮލަރުގެ ބަދަލުގައި ގެންނަވާފައިވާ ބޮޑު ބަދަލެކެވެ.
މި ނިންމުން ނިންމަވާފައިވަނީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު އަލުން އެކަށައެޅުއްވުމާ ގުޅިގެންނެވެ.
މިގޮތުން ރައީސް ވަނީ، މި ޤަރާރުގެ ޖަދުވަލުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނެ މިންވަރު 100 މިލިއަން ޑޮލަރަށް އިތުރުކުރައްވާފައެވެ.
މި ޤަރާރުގެ ޖަދުވަލުގައި، ބަޔާންކޮށްފައިވާ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވައިފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނެ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!