ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުގެންނަވައިފިއެވެ.
ރައީސް ގެންނެވި މި ބަދަލުގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާޢިއުކޮށްފައެވެ.
ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޤަރާރުގައި ވަނީ މި ވަޢުދުފުޅާ އެއްގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރާއެކު ވަނީ ކެލާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ވެސް ޖަދުވަލުކުރަށްވާފައެވެ.
ރައީސް ދެއްވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން
26 ފެބްރުއަރީ 2024 ގައި ކެލާ އަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް، ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވެފައެވެ.
ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން މަސައްކަތްކުރާއިރު ހއ.އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން ދަނީ ދެ ރިސޯޓެވެ. އެއީ މަނަފަރާއި، ދޮނަކުޅިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!