މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 164 ވަނަ ޞަފްޙާ

އެމްޑީޕީން ނޮވެމްބަރު 17 ގައި ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި

އެމްޑީޕީން ނޮވެމްބަރު 17 ގައި ބާއްވަން ނިންމި މުޒާހަރާ ފަސްކޮށްފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ވަނީ ކަންތައްތަކެއް ޑިމާންޑުކޮށްފަ އެވެ. އަދި އެ ކަންތައްތައް ނުފުއްދާ ނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، […]

ޔުމްނާ ޢަލީ
އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް

އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ. މިގޮތުން ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި “އައިސް” (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ސްރީލަންކާ މަސް ބޯޓެއް ދިވެހި ސި...

ޔުމްނާ ޢަލީ
މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި

މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިޔާދަކުރައްވައިފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރެއްވި އެއް ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އިޔާދަކޮށްދެއްވައިފިއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު 27 އޮކްޓޯބަރުގައި މަޖިލީހުން ފ...

ޔުމްނާ ޢަލީ
އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް

އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް ޤައުމީ ކެމްޕޭނެއް

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން “ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން” މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދަ މުޙައްމަދެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދ...

ޙުސައިން ޝަހުދީ
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަކަށް އަރައި އަޑިއަށްދަނީ

މާލެއިން ގދ. ފަރެސްމާތޮޑާއަށް މުދާ ބަރުކޮށްގެން ދަތުރުކުރި ‘ފަހިރޯޅި’ ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރި ފަރަކަށް އަރައި، ބޯޓު އަޑިއަށްދާން ފަށައިފިއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 12 މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް، ފެލިދޫއަށް ގެންގޮސްފައެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ 7 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ފަތިހު 05:01 ހާއިރު ކަމަށެވެ. ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު […]

ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ‘ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026’ ރަސްމީކޮށް ނެރެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ގައިޑު ނެރުމުގެ ރަސްމިއ...

ޔުމްނާ ޢަލީ
މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ

މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ

ހދ. މަކުނުދޫ “ސުއްކަތުރާ” ސަރަހައްދު ފިޔަވައި އެހެން ހުރިިހާ ސަރަހައްދަކުން ވެލި ނެގުމަކީ މަނާކަމެއްކަން މަކުނުދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. މިކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ 5 އަހަރު ތަރައްޤީ ޕްލޭނުގައި ވެލިނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމައެކަނި “ސުއްކަތުރާ” ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވެލި ނެގުމަށް ޚާއްސަކޮށްފައިވާ މި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލިނަގަމުން ދާކަމަށް އެ ކައުނ...

އައިޝަތު އައިނީ އާމިރު
''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''

''އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ފުރިހަމަ ނިޒާމެއް''

އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި ބުނެފިއެވެ. “ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން” މި މައުޟޫއަށް ގެނެސްދިން ހުތުބާގައި ވަނީ އިސްލާމްދީނުގެ ފުރިހަމަކަން ފާހަގަކޮށް، ބާއްޖަވެރިކަން ހޯދުމުގައި އެ ދީނުގެ މުހިންމުކަން ބަޔާންކޮށްފައެވެ. ހުތުބާގައި ބުނެފައި ވަނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނި...

ޔުމްނާ ޢަލީ
ރާއްޖެ ސަރަހައްދަށް ވަގަށް ވަތް ތިން ބޯޓެއް އަތުލައިގެންފި

ރާއްޖެ ސަރަހައްދަށް ވަގަށް ވަތް ތިން ބޯޓެއް އަތުލައިގެންފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ތިން ބޯޓެއް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑުން އަތުލައިގެންފިއެވެ. މި ބޯޓުތައް ހިފެހެއްޓީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގާ ޕެޓްރޯލް މަސައްކަތުގެ ތެރެއިންނެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ފާހަގަކުރެވުމާ ގުޅިގެން، އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެނ...

ޔުމްނާ ޢަލީ
ޑިފޯލްޓް ކޮށްލުމަށް ޑިޒައިން ކޮށްފައި އޮތް އިގްތިސާދު ވަނީ ކޮޅަށް ޖެހިފައި: ރައީސް

ޑިފޯލްޓް ކޮށްލުމަށް ޑިޒައިން ކޮށްފައި އޮތް އިގްތިސާދު ވަނީ ކޮޅަށް ޖެހިފައި: ރައީސް

އެމަނިކުފާނުގެ ސަރުކާރާ ޙަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައިވާ ހާލަތެއްގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ ތެރެއިންނާއި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު މިހާރު ކޮޅަށް ޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވ، އަމިއްލަ ކުންފުނިތަކާ ޙަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް...

ޔުމްނާ ޢަލީ
ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި

ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫ އަދި ށ. ބިލެތްފަހީގައި މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. ބިލްތެފަހީގައި އިމާރާތްކުރާ މި...

އައިޝަތު އައިނީ އާމިރު
ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކުމުގައި އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކުމުގައި އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން މިއަދު ބުނީ، މި މީހުން ހައްޔަރުކުރީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލަ...

ޔުމްނާ ޢަލީ
އަމިއްލަ ކުންފުނި ތަކާއި 9 ދާއިރާއަކުން 206 މަޝްރޫއެއް ހަވާލުކޮށްފި

އަމިއްލަ ކުންފުނި ތަކާއި 9 ދާއިރާއަކުން 206 މަޝްރޫއެއް ހަވާލުކޮށްފި

އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި 53 ކުންފުންޏަކާ ވަނީ މި މަޝްރޫޢުތައް ހަވާލުކޮށްފަ އެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެ އެވެ. މަޝްރޫޢު ހަވާލުކުރެވުނު ދާއިރާތަކާއި ޢަދަދު: ތަޢުލީމީ ދާއިރާ: 31 މަޝްރޫޢު ޞިއްޙީ ދާއި...

ޔުމްނާ ޢަލީ
އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް

އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް

އައްޑޫގެ ތަރައްޤީއަށް އަމާޒުކޮށް، 1000 އެނދުގެ ބޮޑު އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، އައްޑޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ މަޝްރޫ...

ޔުމްނާ ޢަލީ
ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ

ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ

އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. އެމަނިކުފާނު މި ފަދައިން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ...

ޔުމްނާ ޢަލީ