މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 122 ވަނަ ޞަފްޙާ

ފުލުހުސް އޮފީސް ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކޮށްފި

ފުލުހުސް އޮފީސް ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. މި ބަދަލު ގެންނަވާފައިވަނީ ކޮމިޝަނަރ ނަވީން އިއްޔެގެ ވަގުތެއްގައި ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން 18 ފެބްރުވަރީ 2026 ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަ...

ޔުމްނާ ޢަލީ
އާޒިމަށް ޝުޖާއު ދެއްވީ 100 އަކުން ސުމެއް!

އާޒިމަށް ޝުޖާއު ދެއްވީ 100 އަކުން ސުމެއް!

މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ވާދަވެރި އެމްޑީޕީގެ މޭޔަރު އަލީ އާޒިމުގެ މަސައްކަތްތަކަށް ދޭނީ 100 އަކުން ސުމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި މިހާރު ވަނީ އޭސީކޮށް ނިންމާލާފަ އެވެ. މިކަމާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް […]

އައިޝަތު ޢާދަމް
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަންޏެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން...

އައިޝަތު ޢާދަމް
32 އަހަރު ފަހުން ސީޕީ ނަވީން ރިޓަޔާކުރައްވައިފި

32 އަހަރު ފަހުން ސީޕީ ނަވީން ރިޓަޔާކުރައްވައިފި

32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންފި އެވެ. ރިޓަޔަކުރެއްވުމަށް ފަހު، ނަވީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.. ނަވ...

އައިޝަތު ޢާދަމް
ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި

ސިއްޙީ ދާއިރާ ކުރިއެރުވުމަށް ތުރުކީއާ އެކު މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ތުރުކީއާ އެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނެވެ. މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައެވެ. ހާރިޖިއްޔާއިން ބުނީ މިބައްދަލުކު...

އައިޝަތު ޢާދަމް
ކެމްޕެއިން ކުރުމުގައި ފުރައްސާރަކުރުމުން ދުރުހެލިވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

ކެމްޕެއިން ކުރުމުގައި ފުރައްސާރަކުރުމުން ދުރުހެލިވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވަމުން ދާއިރު އެކަކު އަނެކަމަށް ބަދު ބަސް ބުނުމާއި ފުރައްސާރަކުރުމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފި އެވެ. އެ ކަމަނާ މިފަދައިން އިލްތިމާސްކުރެއްވީ ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން އިންތިޒާމުކޮށްގެން ރޭ ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުގައެވެ. މި ހަފްލާގައި އެ ކަމަނާ ދެއ...

އައިޝަތު ޢާދަމް
ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ބަރުބަރީ މިސްކިތް ހުޅުވައިފި

ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ބަރުބަރީ މިސްކިތް ހުޅުވައިފި

މާލޭގައި ހުރި ދުވަސްވީ މިސްކިތެއް ކަމަށްވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެހެން ޖާގަ ތަނަވަސްކޮށް، ރީތި ފަރުމާއަކަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ކެބިނެޓު ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން މ...

ޔުމްނާ ޢަލީ
ޖަރާސީމުގެ އަސަރު ފެނިގެން ހޭންޑީ ބިއްލޫރި ފުޅީގެ ފެން ބޭނުންކުރުން މަނާކޮށްފި

ޖަރާސީމުގެ އަސަރު ފެނިގެން ހޭންޑީ ބިއްލޫރި ފުޅީގެ ފެން ބޭނުންކުރުން މަނާކޮށްފި

ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ބިއްލޫރި ފުޅީގެ ފެނުގައި ޖަރާސީމުގެ އަސަރު ފެނުމުގެ ސަބަބުން، އެ ފެން ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. 17 ފެބުރުވަރީ 2026 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ނިންމުމަކީ އެ ބްރޭންޑުގެ ފެން ތަހުލީލު ކުރުމަށްފަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، މި އެންގުމުގައި ހިމެނެނީ ހޭންޑީ ވޯޓާގެ 330 މިލިލީޓަރު، 500 […]

ޔުމްނާ ޢަލީ
އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ޖަމާޢަތްތަކަށް ރައީސްގެ ރޯދަ ތަހުނިޔާ

އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ޖަމާޢަތްތަކަށް ރައީސްގެ ރޯދަ ތަހުނިޔާ

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް (ރޯދަ މަސް) ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި މެސެޖުތަކުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކަށް ރަމަޟާން މަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ. އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މި މެސެޖުތަކުގައި ރައީސް މުޢިއްޒު ވ...

ޔުމްނާ ޢަލީ
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ކުރީގެ އިންޓަނޭޝަނަލް ޓަރމިނަލް ނުވަތަ ޓަރމިނަލް 2 އަށް ރޭ ރަސްމީކޮށް ބަދަލުކޮށްފިއެވެ. މި ބަދަލާއެކު އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޖާގަ ބޮޑުވެ، ޚިދުމަތްތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މި ބަދަލާއެކު ޗެކިން ކައުންޓަރުތަކުގެ އަދަދު ވަނީ 8 އި...

ޔުމްނާ ޢަލީ
''ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ''

''ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭ''

އިޞްލާޙުގެ ފެށުމަކީ ތިމާކަމަށްވާތީ، އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާ ގުޅިގެން، ފޮނުއްވި ޚިތާބުގައެވެ. މި ޚިޠާބުގައި އެމަނިކުފާނު ވަނީ، ރަމަޟާންމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނ...

އައިޝަތު ޢާދަމް
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު ނެގުމަށް އިޢުލާންކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ ޢާންމު ވޯޓު ނެގުމަށް އިޢުލާންކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަން ނިންމާފައިވާތީ މި ވޯޓާ ގުޅޭ ކަންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ. އީސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަ...

އައިޝަތު ޢާދަމް
ރާއްޖެ އަށް މާދަމާ މުލަ ރޯދަ، ގިނަ އިސްލާމީ ގައުމުތަކަށް ވެސް މާދަމާ ރޯދަ

ރާއްޖެ އަށް މާދަމާ މުލަ ރޯދަ، ގިނަ އިސްލާމީ ގައުމުތަކަށް ވެސް މާދަމާ ރޯދަ

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. މިކަން އިޢުލާން ކުރީ 17 ފެބްރުއަރީ ވީ އަންގާރަ ދުވަހުގެ ރޭ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ބަޔާނުގައިވާ ގޮތުން، ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާކަން ޝަރްޢީ ހަމަތަކުން […]

ޝިއުނާ އާދަމް
ރައީސް، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސް، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައި ކަމަށެވެ. މިބައްދަލުވުމުގައި، ރައީސް މުޢިއްޒު ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕ...

އައިޝަތު ޢާދަމް
ގޯހެއް ހަދައިފިއްޔަ ޒިންމާ ނަގާނަން، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދީ: ބޮޗޭ

ގޯހެއް ހަދައިފިއްޔަ ޒިންމާ ނަގާނަން، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދީ: ބޮޗޭ

ޕީއެންސީގެ ކެންޑިޑޭޓުން ގޯހެއް ހަދައިފިނަމަ އެކަމުގެ ޒިންމާ ނަގާނެކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގޮވާލައްވައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އޮތް އިތުބާރު ޕީއެން...

އައިޝަތު ޢާދަމް