މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 121 ވަނަ ޞަފްޙާ

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި […]

ޔުމްނާ ޢަލީ
ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ...

ޔުމްނާ ޢަލީ
ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އިމާރާތުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް...

ޔުމްނާ ޢަލީ
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. “މަސްޖިދު ޝައިޚް އިބްރާހީމް ފަރީދު” ގެ ނަމުން ނަންދެވިފައިވާ މި މިސްކިތަކީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު ބިނާކުރެވުނު މިސްކިތެކެވެ. މިކަމާ ގުޅޭގޮތުން ޝައިޚްގެ ދަރިކަލުން އަބްދުﷲ ފަރީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ގެ ރަޙްމަތާއި ވާގިފުޅާއެކު ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވިފައިވާ...

ޔުމްނާ ޢަލީ
ފެންނަނީ އިހްމާލުގެ މަންޒަރު، އާޒިމް އިސްތިއުފާ ދެއްވުމަށްފަހު އަރީޝް އާ ކައުންސިލް ހަވާލުކުރަންޖެހޭ: އައިފާން

ފެންނަނީ އިހްމާލުގެ މަންޒަރު، އާޒިމް އިސްތިއުފާ ދެއްވުމަށްފަހު އަރީޝް އާ ކައުންސިލް ހަވާލުކުރަންޖެހޭ: އައިފާން

މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދާކަމަށް ވިދާޅުބެ، މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އިސްތިއުފާ ދެއްވުމަށް ފަހު ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއާ ކައުންސިލު ހަވާލުކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ގޮވާލައްވައިފި އެވެ. ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އައިފާނު ވަނީ މާލޭ ސިޓީ ކައުންސިލުގެ މުޅި އިދާރީ ހިންގުމު ނިޒާމު މިއަދު ވަނީ...

އައިޝަތު ޢާދަމް
މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތަ ހިއްސާ އޮވެގެން: އަރީޝް

މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތަ ހިއްސާ އޮވެގެން: އަރީޝް

މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށް މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތައިގެ ހިއްސާއެއް އޮވެގެން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ. އަރީޝް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދޮރުން ދޮރަށް ހަރަކާރުގެ ތެރެއިން މިޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އަރީޝް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޕީއެންސީގެ...

އައިޝަތު ޢާދަމް
ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު، ހުޅެވި، ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 13 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަ...

ޔުމްނާ ޢަލީ
ޢާއިލާއަށް ޚަބަރުނުވާތާ ހަފުތާއެއް ވެފައިވާ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ޢާއިލާއަށް ޚަބަރުނުވާތާ ހަފުތާއެއް ވެފައިވާ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. ފުލުހުން ބުނި ގޮތުގައި، އިބްރާހީމް އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. ނަމަވެސް އެ ދުވަހު […]

ޔުމްނާ ޢަލީ
''ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ސަރުކާރު ދެމި ތިބޭނެ''

''ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ސަރުކާރު ދެމި ތިބޭނެ''

އިޖުތިމާއީ ރައްކާތެރިކަމާއި، ސިއްހީ ހިދުމަތާއި، ދަތުރުފަތުރާއި، އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާ އެކު މި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު ދިވެހިރާއްޖެ...

ޝިއުނާ އާދަމް
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ފަށައިފިއެވެ. ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އޮންލައިންކޮށް އަދި ކައުންޓަރުތަކުން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އޮންލައިންކޮށް ޒަކާތް ދެއްކުން ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށެވެ. ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ދިރާގު ޕޭ، އުރީދޫ […]

ޔުމްނާ ޢަލީ
އެމްޑީޕީ މޭޔަރުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ: މުއްތަލިބް

އެމްޑީޕީ މޭޔަރުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ: މުއްތަލިބް

މިހާރު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް އާޒިމްގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ކަންބޮޑުުވުން ފާޅުކުރައްވައިފި އެވެ. ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި ވަޒީ...

އައިޝަތު ޢާދަމް
ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި

ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި

މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އަމިއްލަ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. 150 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދިވެހިވަންތަ ފަރުމާތަކަކަށް ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މިސްކިތަކީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި މަސައްކަތްތެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއް...

ޔުމްނާ ޢަލީ
އިންތިހާބުގައި 80 އިންސައްތަ ކާމިޔާބުކުރުމަކީ އަމާޒެއް: ވަޒީރު ޝަރީފް

އިންތިހާބުގައި 80 އިންސައްތަ ކާމިޔާބުކުރުމަކީ އަމާޒެއް: ވަޒީރު ޝަރީފް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔަބު ކުރުމަކީ އަމާޒެއް ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ވަޒީރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކ...

އައިޝަތު ޢާދަމް
މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު މެންދުރު ފަހުން ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔައީ މާފަންނު ހުޅަނގު ދާއިރާގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް...

އައިޝަތު ޢާދަމް
މި ރޯދަ މަހު ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ: ޝަހީމް

މި ރޯދަ މަހު ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ: ޝަހީމް

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 15 މިސްކިތެއް ހުޅުވިފައިވާއިރު، ރޯދަ މަހުގެ ތެރޭގައި އިތުރު މިސްކިތްތައް ހުޅުވި ޖުމްލަ 19 މިސްކިތް ބޭނުންކުރަން ފެށޭނެއެވެ. މީގެ ތެރޭގައި ސަރުކާރުން ބިނާކުރި މިސްކިތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް […]

ޔުމްނާ ޢަލީ