އެމްޑީޕީގައި ވެސް އިންސާފަށް ލޯބިކުރާ ރައްޔިތުން އެބަ ތިބި: ނާއިބު ރައީސް
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި ވެސް އިންސާފަށް ލޯބިކުރާ ރައްޔިތުން އެބަ ތިބިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާއިބު ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރު...